ބަނގުލަދޭޝް ގައި ހުރިހާ ޕާޓީތައް އެކުލެވޭ ވަގުތީ ސަރުކާރެއް އެކުލަވާލަނީ

ބަނގުލަދޭޝް ގައި ހުރިހާ ޕާޓީތައް އެކުލެވޭ ވަގުތީ ސަރުކާރެއް އެކުލަވާލަނީ
ލިޔުން:
ބަނގުލަދޭޝް ގައި ހުރިހާ ޕާޓީތައް އެކުލެވޭ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ބަނގުލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ވޭކަރު އުޒް ޒަމާން ވިދާޅުވެއްޖެއެވެ.
ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ވޭކަރު އުޒްޒަމާން ގައުމާ މުހާތަބްކޮށް ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކާއެކު ފައިދާހުރި މަޝްވަރާތަކެއް ކުރަމުންދާކަމަށާއި، އެމަޝްވަރާތަކުގައި އިންތިގާލީ ސަރުކާރެއް އުފައްދަން ނިންމާފައިވާކަމަށާއި އަދި މިހާރު ރައީސް މުހައްމަދު ޝަހާބުއްދީނާ އެކަމުގެ މަޝްވަރާތައް ކުރަމުންދާކަމަށެވެ.
އަދި މުޒާހަރާގެ ނަމުގައި ހިންގާ ހުރިހާ ހަމަނުޖެހުންތަކެއް ހުއްޓާލުމަށް ވެސް ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ވޭކަރު އުޒްޒަމާން ވަނީ ގޮވާލައްވާފައެވެ. އަދި ސްޓޫޑަންޓް މޫވްމަންޓުގައި ހިނގި ހުރިހާ މަރުތަކަށް އިންސާފު ހޯދައިދޭނެ ކަމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ. އެހެންކަމުން މުޒާހަރާ ހުއްޓާލުމަށް ދަރިވަރުންގެ ކިބައިން އެދި ބަޔާނެއް ނެރުމަށް ޑާކާ ޔުނިވާސިޓީގެ ލޯ ޑިޕާޓްމަންޓުގެ ޕްރޮފެސަރު އާސިފް ނަޒްރުލް އަށް މިހާރު އަންގާފައިވާނެކަމަށްވެސް ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ވޭކަރު އުޒްޒަމާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކާ އެކު އަސްކަރިއްޔާގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ޝެއިޙް ހަސީނާގެ އަވާމީ ލީގުގެ އެއްވެސް މެމްބަރަކު ބައިވެރިނުކުރާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
