ބަންގްލަދޭޝްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 މީހުން މަރުވެއްޖެ
ލިޔުން:
ބަންގްލަދޭޝްގެ މެދުތެރޭގެ އެކްސްޕްރެސްވޭއަކުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ބަހެއް ވެއްޓި 19 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.
ޕޮލިސް އޮފިޝަލް އަންވަރު ހުސައިން ވިދާޅުވީ ޒަހަމްވި ބައެއް ފަސިންޖަރުންގެ ހާލު ސީރިއަސްކަމަށެވެ. އެހެންވެ މަރުވާ މީހުންގެ އަދަދު އިތުރަށް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ. ބަސް އެކްސިޑެންޓް ހިނގި ސިޓީ އޮންނަނީ ވެރިރަށް ޑާކާއާ 80 ކިލޯމީޓަރު ދުރުގައެވެ.
40 އަށް ވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި މި ބަސް ވެއްޓުނީ އަލަށް ހެދި ޕަދްމާ ރިވާ ބްރިޖް އެކްސްޕްރެސްވޭގެ ރެއިލިން ފަޅައިގެން ގޮސް، ގާތްގަނޑަކަށް ނުވަ މީޓަރު (30 ފޫޓު) މަގުމަތީގެ ވަޅުގަނޑަކަށް ކަމަށް އަންވަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަހުގެ ޓަޔަރު ފަޅައިގެން ދިއުމުން ޑްރައިވަރަށް ބަހުގެ ކޮންޓްރޯލް ގެއްލުނު ކަމަށް ބެލެވޭ ކަމަށާއި، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށެވެ.
"މަރުވި މީހުންގެ އަދަދު ވަނީ 19 އަށް އަރާފައި. އަދި 12 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އެ މީހުން މިހާރު ވަނީ ވެރިރަށް ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ފޮނުވާފައި،" އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ސަރަހައްދުގެ ޕޮލިސް ޗީފް މަސްއޫދު އަލަމް ވިދާޅުވިއެވެ.
ބަންގްލަދޭޝްގައި މަގުމަތީގެ އެކްސިޑެންޓްތައް ގިނައިން ދިމާވަނީ އެންމެ އެކަށީގެންވާ ތަމްރީނު ލިބިފައި ނުވާ ޑްރައިވަރުންގެ ސަބަބުންނެވެ.
މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް 2030 ވަނަ އަހަރުގެ ނިޔަލަށް 50 އިންސައްތަ ދަށްކުރެވޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެކްސިޑެންޓްތައް ދަނީ އިތުރުވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
