މާލެ: 31°C

ބެންކޮކް ގައި ވައި ތަގައްޔަރުވާތީވެ ގޭގައި ތިބެގެން މަސައްކަތް ކުރަން އިލްތިމާސްކޮށްފި

January 29, 2023
2 ފަހަރު ބަލާފައި
ބެންކޮކް ގައި ވައި ތަގައްޔަރުވާތީވެ ގޭގައި ތިބެގެން މަސައްކަތް ކުރަން އިލްތިމާސްކޮށްފި
ބެންކޮކް ގައި ވައި ތަގައްޔަރުވާތީވެ ގޭގައި ތިބެގެން މަސައްކަތް ކުރަން އިލްތިމާސްކޮށްފި
ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ވައި ތަގައްޔަރުވުމުގެ ނުރައްކާތެރި މިންވަރާ ގުޅިގެން ގޭގައި ތިބެގެން މަސައްކަތްކުރުމަށާއި މާސްކު އެޅުމަށް އެ ސިޓީގެ ރައްޔިތުންނަށް އަންގައިފިއެވެ. ދަތުރުކުރާ ފަރާތްތަކުން އަމިއްލަ ވެހިކަލްތަކުގެ ބަދަލުގައި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އާންމު ތަންތަނުގައި އެއްޗެހި އެންދުމާއި އިމާރާތް ކުރުމުގެ މަޝްރޫއުތައް ފަދަ ތަގައްޔަރުވާ ވަސީލަތްތައް މަދުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ސިޓީގެ އޮފިޝަލުން ވިދާޅުވިއެވެ. ބެންކޮކްގެ ކަމާބެހޭ ފަރާތްތަކުން ބުނީ ވައި ތަގައްޔަރުވުމުގެ ސަބަބުން ނުރައްކާ އޮތް މީހުންނަށް ފޭސް މާސްކް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބެންކޮކްގެ ގަވަރުނަރު ޗަޑްޗާޓް ސިޓިޕޫންޓް ވިދާޅުވީ، ބުރާސްފަތި ދުވަހު ވައި ތަގައްޔަރުވުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރި ނަމަވެސް ސްކޫލްތައް ބަންދުކުރާ ހަލާތަށް ނުދޭ ކަމަށެވެ. ދަތުރެއް ރޭވުމުގެ ކުރިން "ޕޮލިއުޝަން" ލެވެލް ބެލުމަށްފަހު ތައްޔާރުވެ ތިބެން އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ހާލަތު ގޯސްވެއްޖެނަމަ ޓްރާންސްޕޯޓް ލިމިޓޭޝަންތަކަށް ރިއާޔަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ތައިލޭންޑްގައި، ހާއްސަކޮށް ހުޅަނގު އުތުރު ސަރަޙައްދުގައި، ޑިސެމްބަރު މަހާއި އޭޕްރީލް މަހާ ދެމެދު ވައި ތަގައްޔަރުވަނީ ދަނޑުވެރިން އަންދާ ތަކެތިންނާއި ޖަންގަލީގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ. ސްވިޒަލޭންޑްގެ އެއާ ކޮލިޓީ ވިޔަފާރި އައިކިއުއެއާ އިން ބުނި ގޮތުގައި ތައިލެންޑްގައި އެންމެ ބޮޑަށް ވައި ތަގައްޔަރުވެފައިވަނީ ބެންކޮކްގެ ހުޅަނގު ދެކުނުގައި އޮންނަ ސަމުތު ސޮންގްކްރަމް އާއި ވެރިރަށުގެ އުތުރުން އޮންނަ ލަމްޕަންގްގައެވެ. ގާޑިއަންއާ ވާހަކަ ދެއްކެވި ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ އޮޕާސް ކަރްންކަވިންޕޮންގް ވިދާޅުވީ ހުރިހާ ޕްރޮވިންޝަލް ޕަބްލިކް ހެލްތު ސާވިސްއަކުން ވެސް ހާލަތު މޮނިޓާ ކުރާނެ ކަމަށެވެ. ޖެހިޖެހިގެން ތިން ދުވަހަށް ވުރެ ގިނަ ދުވަހު ވައި ތަގައްޔަރުކަން ބޮޑު ކޮންމެ ޕްރޮވިންސެއްގައި ވެސް އިމަޖެންސީ ސެންޓަރުތައް ހުޅުވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ