މާލެ: 31°C

ބެންކޮކުގައި ދިވެހި ކެފޭ ހިންގާ ޒާރާގެ ވާހަކަ

May 1, 2024
2 ފަހަރު ބަލާފައި
ބެންކޮކުގައި ދިވެހި ކެފޭ ހިންގާ ޒާރާގެ ވާހަކަ
ބެންކޮކުގައި ދިވެހި ކެފޭ ހިންގާ ޒާރާގެ ވާހަކަ
ބޭނުންވަނީ ކޮންއެއްޗެއް ހެއްޔެވެ؟ ކުޅިމަހާއި ރޮށި ހެއްޔެވެ؟ ވަޅޯމަސް ރިޙަޔާ ބަތާ ހެއްޔެވެ؟ ޑިސްކު މަސްހުނި ހެއްޔެވެ؟ އެތަނުން ދިވެހި ކޮންމެ ކެެއުމެއް ތާޒާ ކަމާއެކު ވަގުތުން ކައްކާފައި ހޫނު ކަންމަތީގައި ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. ތަނަކީ ތައިލެންޑްގެ ވެރިރަށް ބޭންކޮކެވެ. ޗައިނާ ޓައުނުގައި ހިންގާ ދިވެހި ރެސްޓޯރަންޓަކީ ތައިލެންޑަށް އެކި ބޭނުންތަކުގައިދާ މީީހުން އާންމުކޮށް ކެއުމުގެ ކަންތައް ހަމަޖައްސާއެއްތަނެވެ. އެއީ ހުރިހާ ދިވެހިންނާ ރައްޓެހި ޒާރާ ކެފޭއެވެ. ދިވެއްސަކާ ކައިވެނި ކުރުމަށް ފަހު އާމްދަނީ ލިބޭނެ މަސައްކަތެއް ކުރުމަށްޓަކައި ޒުވާން ޒާރާ ދިވެހިނަށްނަށް ޚާއްސަ ރެސްޓޯރަންޓެއް ހުޅުވީ މީގެ ދިހަ ވަރަކަށް އަަހަރު ކުރިންނެވެ. ގިނަ ދިވެހިން ޗައިނާ ޓައުނުން ވިޔަފާރިި ކުރަން ދާތީ ޒާރާ ރެސްޓޯރެންޓް ހުޅުވީ ދިވެހި ވިޔަފާރިވެރިން އާންމުކޮށް ގޮސް ތިބޭ ނިއު އެމްޕެއާ ހޮޓަލާ ކައިރިން، ޗައިނާ ޓައުން މިނީ މާޓް ހިންގިތަނުުގައެވެ. އެއީ ޗައިނާ ޓައުނުގެ މާކެޓަށް ވަންނަން އޮންނަ ބޮޑުމަގެވެ. ޒާރާ ބުނިގޮތުގައި އޭނާ ދިވެހި ކެއުންތަކުގެ ރަހަތައް ގެނުވާ ރެސިޕީތައް ދަސްކުރީ ދިވެހިން ކައިރިން އަހާ އޮޅުން ފިލުވައިގެންނެވެ. މިހާރު އޭނާގެ ކެފޭއިން ދިވެހިން އާންމުކޮށް ކައިއުޅޭ ހުރިހާ ބާވަތެއްގެ ކާއެއްޗެހި ތާޒާކޮށް ލިބެއެވެ. "ދިވެހިން އެންމެ ގިނައިން ކަނީ ވަޅޯމަސް ރިހަ. އެ ވަރަށް މަޝްހޫރު. ދެން ޑިސްކު މަސްހުނި، ރިހާކުރު ކުޅިމަސް، ވަޅޯމަސް ފްރައިޑް ރައިސް،" ޒާރާ ކިޔައިދިނެވެ. ކެފޭގެ މަސައްކަތުގައި ހަތަރު މުވައްޒަފުން ގެންގުޅުނު ނަމަވެސް، ކޭޝިއަރު ކަމުން ފެށިގެން ގޮސް، ތަފާތު ބުއިންތައް ތައްޔާރުކުރުމާއި ކާން ހެދުމާއި ބަދިގޭގެ ކަންކަން ބެލެހެއްޓުމަަކީ ޒާރާގެ ޒިންމާތަކެވެ. އެއްވެސް ކަމެއް އަތް ދަށުން ދިޔަ ނުދީ ހުރިހާ ކަސްޓަމަރުންނަށް ވެސް ބަރާބަރަށް ޚިދުމަތް ފޯރުކޮށްދެއެވެ. "އެއްވެސް މީހަކަށް ތަފާތުކުރުމެއް ނެތި، ބަރާބަރަށް ޚިދުމަތް ފޯރުކޮށްދެމުން މިގެންދަނީ. އެންމެ އުފާވަނީ އަހަރެންގެ ޚިދުމަތާމެދު ދިވެހިން ހިތްހަމަ ޖެހޭތީ. އަދި އަބަދުވެސް އަހަރެންނަށް އިހްތިރާމްކޮށް ޝުކުރުވެރިވާތީ. ދިވެހިންނަކީ ވަރަށް ހިތްހެޔޮ ވަރަށް ރަނގަޅު ބައެއް،" ޒާރާ ބުންޏެވެ. ޒާރާގެ އިތުރުން ދިވެހިންނަށް ޚާއްސަކޮށްގެން ޕްރަތުނާމް ސަރަހައްދުގައި ދެ ރެސްޓޯރަންޓް ކުރިން ހިންގިއެވެ. އެހެންނަމަވެސް އެހުރިހާ ތަނެއް މިހާރު ހުރީ ބަންދު ކޮށްފައެވެ. "ކޮވިޑްގައި ވަރަށް ދަތިކޮށް އުޅެން ޖެހުނީ މުޅި ގައުމު ބަންދުވީމަ ކަސްޓަމަރުންނެއް ނުލިބޭ. އެހިސާބުން ތައިފުޑް އޮންލައިންކޮށް ވިއްކަން ފެށީ. ކޮވިޑްގެ އެ އުނދަގޫ ހާލަތުން ވެސް އަހަރައިގަނެވި މިހާރު އެގެއްލުންތައްވެ [caption id="attachment_101534" align="alignnone" width="776"] ޒާރާ ހިންގާ ކެފޭ[/caption] ސް ފޫބެއްދިިއްޖެ. އެކަމަކު އެއީ ވަރަށް ބުރަ މަސައްކަތްތަކެއްގެ ނަތީޖާ،" ޒާރާ ކިޔައިދިނެވެ. ދިވެހިންގެ އެކުވެރި ޒާރާ ބޭނުންވަނީ މިހާރުވެސް އޭނާ ހިންގާ ކެފޭ ހަމަ އެގޮތުގައި ހިންގުމުގައި ދެމިހުންނާށެވެ. އަދި އެވިޔަަފާރި އިތުރަށް ފުޅާކުރުމަށް ވުރެ ބޮޑަށް ވިސްނަނީ ތަނުން ދޭ ޚިދުމަތްތަކަށް ބަދަލެއް ނައިސް ބަރާބަރަށް ކަސްޓަމަރުންނަށް އަވަހަށް ތާޒާކޮށް ކެއުންތައް ފޯރުކޮށްދިނުމަށެވެ. "މިއީ އަހަރެންގެ އަމިއްލަ ވިޔަފާރިއެއް. މިކަން އިތުރަށް ފުޅާކުރުުމަށް ވުރެ ބޮޑަށް މިބަލަނީ މިތަނުން ދެމުން ގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ތާޒާކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް. ކަސްޓަމަރުން ދޭ އިރުޝާދުގެ އަލީގައި ކަންކަން ރަނގަޅުކޮށް ހަަމަ މިތަން ދެމެހެއްޓުމަށް އިސްކަން މިދެނީ. ދިވެހިން ވެސް ވަރަށް ހިތްހަމަ ޖެހޭ ދިވެހި ކެއުންތައް ތާޒާކޮށް ލިބޭ މިކަހަލަ ތަނެއް ހުރީމަ. އަހަރެންގެ ހުރިހާ ވެސް އުފަލަކީ ދިވެހިން ހިތްހަމަ ޖެހޭ ޚިދުމަތެއް އެމީހުންނަށް ފޯރުކޮށްދިނުން،" ޒާރާ ބުންޏެވެ. ޒާރާއެވެ. ތިޔައީ ހިތްވަރުގަދަ މުރާލި މަސައްކަތްތެރިއެކެވެ. އަހަރެމެން ޒާރާގެ ތިޔަ މަސައްކަތާމެދު ފަޚުރުވެރިވަމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ