ބަންގްލަދޭޝްގެ އޮކްސިޖަން ޕްލާންޓެއްގައި އަލިފާން ރޯވެ ފަސް މަރު

ބަންގްލަދޭޝްގެ އޮކްސިޖަން ޕްލާންޓެއްގައި އަލިފާން ރޯވެ ފަސް މަރު
ލިޔުން:
ބަންގްލަދޭޝްގެ ޗިޓަގޮންގްގެ ސިޓަކުންޑާ އަވަށުގެ ކަދަމް ރަސޫލް (ކޭޝަބްޕޫރު) ސަރަހައްދުގައި ހޮނިހިރު ދުވަހުގެ މެންދުރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފަސް މީހުން މަރުވެ 30 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.
ސީމާ އޮކްސިޖަން ޕްލާންޓްގައި އަލިފާން ރޯވާން ފެށީ ހާއިރު ބޮޑު ގޮވުމަކަށް ފަހު ކަމަށް ކުމިރާ ފަޔާ ސާވިސް ސްޓޭޝަންގެ ސީނިއާ އޮފިސަރު ސުލްތާން މަހްމޫދުއާ ހަވާލާދީ ބަންގަލަދޭޝްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މައުލޫމާތު ލިބުމާ އެކު ސިތާކުންޑާ އާއި ކުމިރާ ފަޔާ ސާވިސްގެ ނުވަ ޔުނިޓަކުން އެ ސަރަހައްދަށް ގޮސް ގަޑިއެއްހާއިރު ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ.
ނަމަވެސް އަލިފާން ރޯވެ އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް ފަޔާ އޮފިޝަލް ވިދާޅުވިއެވެ.
ހޮސްޕިޓަލް ޕޮލިސް އައުޓްޕޯސްޓްގެ އިންޗާޖް ނޫރުލް އާލަމް އަޝޭކް ވިދާޅުވީ ސިޓަކުންޑާ ގޮވުމުގެ ހާދިސާގައި ލިބުނު ޒަހަމްތަކާއެކު ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި 20 ވަރަކަށް މީހުން އެޑްމިޓްކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
