ބަލިތަކުގެ ނުރައްކާ ދެނެގަންނަން ޑަބްލިއުއެޗްއޯއިން ބައިނަލްއަގުވާމީ ނެޓްވޯކެއް

ބަލިތަކުގެ ނުރައްކާ ދެނެގަންނަން ޑަބްލިއުއެޗްއޯއިން ބައިނަލްއަގުވާމީ ނެޓްވޯކެއް
ލިޔުން:
ކޮވިޑް-19 ފަދަ ގައިންގަޔަށް އަރާ ބަލިތަކުގެ ނުރައްކާ އަވަހަށް ދެނެގަނެ، އެ ބަލިތައް ފެތުރުނަ ނުދިނުމަށް ޓަކައި މައުލޫމާތު ހިއްސާކުރުމަށް ގްލޯބަލް ނެޓްވޯކެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ތައާރަފްކޮށްފިއެވެ.
އިންޓަނޭޝަނަލް ޕެތޮޖަން ސަވައިލަންސް ނެޓްވޯކް (އައިޕީއެސްއެން) ނަމުން ނަން ދީފައިވާ މި ގްލޯބަލް ނެޓްވޯކްގެ މަގްސަދަކީ ކޮވިޑް ފަދަ ގައިންގަޔަށް އަރާ ބަލިތަކުގެ ނުރައްކާތައް އަވަހަށް ދެނެގަނެ މޮނިޓާކޮށް، އެ ބަލިތައް ފެތުރުން ހުއްޓުވުމަށް މައުލޫމާތު ހިއްސާކުރުމަށް މަގުފަހިކޮށްދިނުމެވެ.
އެ ނެޓްވޯކްގެ އަމާޒަކީ ގައިންގަޔަށް އަރާ ބަލިތަކުގެ ނުރައްކާތައް އަވަހަށް ދެނެގަނެ، ޓްރެކްކޮށް، ކޮވިޑް-19 ފަދަ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި މައުލޫމާތު ހިއްސާކޮށް ފިޔަވަޅު އެޅުމަށް އެހީތެރިވުމެވެ.
މި ނެޓްވޯކުން ޕެތޮޖަން ޖެނޮމިކްސް ބޭނުންކޮށްގެން ވައިރަސް، ބެކްޓީރިއާ އަދި އެހެނިހެން ބަލިތައް އުފައްދައިދޭ ދިރުންތަކުގެ ޖެނެޓިކް "މޭކަޕް" ދިރާސާ ކުރާނެއެވެ. މި އެނަލިސިސްގެ ސަބަބުން ގައިން ގަޔަށް އަރާ މިންވަރާއި ސީރިއަސްކަމާއި ބަލި ފެތުރޭ ގޮތްތައް ދެނެގަތުމަށް އެހީތެރިވެދެއެވެ.
އެއްކުރާ މައުލޫމާތަކީ ކޮމްޕްރެހެންސިވް ޑިޒީޒް ސަވައިލެންސް ސިސްޓަމަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާނެ މައުލޫމާތެކެވެ. މި ނިޒާމުގެ އަމާޒަކީ ބަލިތައް ދެނެގަނެ، ބަލި ފެތުރުން ކޮންޓްރޯލްކޮށް، ހަރުދަނާ ފަރުވާތަކާއި ވެކްސިނެއް އުފެއްދުމުގެ އަމާޒެވެ. ޕެތޯޖަން ޖީނޯމިކްސް މެދުވެރިކޮށް ހޯދާ ޑޭޓާގެ ބޭނުން ހިފައިގެން ނެޓްވޯކްގެ އަމާޒަކީ ބަލި ކޮންޓްރޯލް ކުރުމާއި ބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމެވެ.
ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވަނީ އާ ނެޓްވޯކްގެ "އުންމީދީ" ލަނޑުދަނޑިތަކަށް ތައުރީފު ކުރައްވައި، "ސިއްހީ ރައްކާތެރިކަމަށް މުހިންމު ދައުރެއް އަދާކުރެވިދާނެ" ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
