ބަހްމޫތް އޮތީ ރަޝިޔާގެ ބާރުގެ ދަށަކު ނޫން: ޒެލެންސްކީ

ބަހްމޫތް އޮތީ ރަޝިޔާގެ ބާރުގެ ދަށަކު ނޫން: ޒެލެންސްކީ
ލިޔުން:
ބަހްމުތު ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ކަމަށް ރަޝިޔާއަށް ތާއީދުކުރާ ކުލީ ސިފައިންގެ ޖަމާއަތަކުން ދައްކާ ވާހަކަތައް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހަ ދޮގުކުރައްވައިފިއެވެ.
ޒެލެންސްކީ އެހެން ވިދާޅުވީ ޖީ-7 ސަމިޓަށް ޖަޕާނުގެ ހިރޯޝިމާއަށް ކުރެއްވި ދަތުރުފުޅުގައެވެ.
ވެގްނާ ގްރޫޕްގެ ބާނީ ޔެވްޖެނީ ޕްރިގޯޒިން މީގެ ކުރިން ވިދާޅުވެފައިވަނީ އޭނާގެ ހަނގުރާމަވެރިން ބަހްމުތުގެ ކޮންޓްރޯލް ހޯދާފައިވާ ކަމަށެވެ.
ސަމިޓުގެ އެންމެ ފަހު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒެލެންސްކީ ވަނީ އެ ދުވަހާ ހަމައަށް ރަޝިޔާއިން "ހިފަހައްޓާފައި ނުވާ" ކަމަށް ވިދާޅުވެފައެވެ.
ހޮނިހިރު ދުވަހު އާންމުކުރި ވީޑިއޯއެއްގައި ޔެވްޖެނީ ޕްރިގޯޒިން ވަނީ ބަހްމުތަށް ރަޝިޔާއިން ދިން ޙަމަލާގައި އިސްކޮށް ހަރަކާތްތެރިވި އޭނާގެ ހަނގުރާމަވެރިން އެސިޓީގެ ފުރިހަމަ ކޮންޓްރޯލް އޮތްކަމަށް ބުނެފައެވެ.
ޒެލެންސްކީ ވަނީ ބަހްމުތާއި ހީރޯޝިމާއާ އަޅާކިޔާފައި، އޭނާގެ ގައުމަށް ވެސް އެފަދަ އަލުން އާރާސްތުކުރުމުގެ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާއާއެކު ހިރޯޝީމާ ޕީސް މެމޯރިއަލް ޕާކަށް ޒިޔާރަތްކުރައްވައި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދިން އެޓޮމިކް ބޮމުގެ ހަމަލާގައި މަރުވި މީހުންނަށް އިހްތިރާމް އަދާކުރެއްވިއެވެ.
ޒެލެންސްކީ ވަނީ ހިރޯޝީމާ އާއި ޔޫކްރެއިންއާ އަޅާކިޔާފައި ކަމަށާއި ބޮމުގެ ހަމަލާއަށް ފަހު ހިރޯޝީމާ ހަލާކުވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކުން ބަހްމުތުގެ މިހާރުގެ ހާލަތު ހަނދާންކޮށްދޭކަން ފާހަގަކުރައްވާފައެވެ. އަދި ޔޫކްރެއިންގައި ވެސް އެފަދަ "ރީކޮންސްޓްރަކްޝަން އެންޑް ރިކަވަރީ" މަރުހަލާއެއް ކުރިއަށް ގެންދިއުމަށް އަޒުމް ކަނޑައަޅާފައިވާކަން ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
