މާލެ: 31°C

ބަދަލުދިނުމުގެ ވާހަކައާ އެކު ކޮޕް 27 ސަމިޓް ފަަށައިފި

November 6, 2022
116 ފަހަރު ބަލާފައި
ބަދަލުދިނުމުގެ ވާހަކައާ އެކު ކޮޕް 27 ސަމިޓް ފަަށައިފި
ބަދަލުދިނުމުގެ ވާހަކައާ އެކު ކޮޕް 27 ސަމިޓް ފަަށައިފި
ޝަރުމުއްޝައިޚު، 6 ނޮވެމްވަރު (ރޮއިޓާސް) މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ލިބޭ ފަގީރު ގައުމުތަކަށް މުއްސަނދި ގައުމުތަކުން ބަދަލުދިނުމަށް ގޮވައިލާ ގޮވައިލުންތަކާ އެކު ކްލައިމެޓް ސަމިޓް 27  ( ކޮޕް 27) މިއަދު ފަށައިފި އެވެ.  މިސްރުގެ ޝަރުމުއްޝައިޚު ރިސޯޓުގައި މިއަދު ފެށި ސަމިޓްގައި އެންމެ ބޮޑު ނުތަނަވަސްކަމެއް އޮތީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ތަހައްމަލުކުރާ  މަދު އާމްދަނީގެ ގައުމުތަކަށް،  ދުނިޔެ ހޫނުވުމާއި މޫސުމަށް އަން ބަދަލުތަކުގެ ޒިންމާ އެެންމެ ބޮޑަށް އުފުލަން ޖެހޭ ގައުމުތަކުން ގެއްލުމުގެ ބަދަލު ދިނުމާ ގުޅޭ މަޝްވަރާތަކާ މެދުގަ އެވެ.  މިއަދު ފެށި ޕްލެނަރީ ސެޝަންގައި އޮންނާނީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ގައުމުތަކުގެ ވަފުދުތަކުން މަޝްވަރާކުރާނެ އެޖެންޑާއެއް އެކުލަވައިލުމެވެ.  ބެލެވޭާ ގޮތުގައި ގެއްލުމުގެ ބަދަލުދިނުމާ ބެހޭ އިދާރާއެއް އުފެއްދުމުގެ ހުށަހެޅުމަކަށް 130 ގައުމެއްގެ ޑިޕްލޮމޭޓުން މަސައްކަތްކުާރާނެއެެވެ. އެއީ ފަންޑުކުރުމާ ބެހޭ ތިން އަހަރު ދުވަހުގެ މަޝްވަރާއެއްގެ ބަދަލުގައެވެ.  ގެއްލުމުގެ ބަދަލުދިނުމާ ބެހޭ ސެޝަނެއް ބާއްވަން ސަމިޓްގެ ނުރަސްމީ އެޖެންޑާގައި މިހާރު ވެސް އެބަ އޮތެވެ. އެކަމަކު އެ ކަން ރަސްމީ އެޖެންޑާގައި ހިމެނުމާިއ މެދު ގޮތެއް ނިންމާނީ މިއަދު އެވެ.  "އަޅުގަނޑު އުއްމީދުކުރަނީ އެކަން އެޖެންޑާގައި ހިމެނޭނެކަމަށް،" ޖެމެއިކާގެ އިގުތިސާދީ ކުރިއެރުމާ ބެހޭ ވަޒީރު މެތިއު ސަމޫޑާ ރޮއިޓާސް އަށް ވިދާޅުވި އެވެ.  އޭނާ ވިދާޅުވި ގޮތުގައި ބަދަލު ދިނުމުގެ މަޝްވަރާއަކާ މެދު މީގެ ތިން އަހަރު ކުރިން އެއް ގޮތަކަށް ވެސް މަޝްވަރާނުކުރާނެ ބައެއް ގައުމުތަކުން މިހާރު އެ ކަމުގައި ގެންގުޅެނީ ދޫދިނުމުގެ ސިޔާސަތެވެ.  އެކަމުގައި ޔޫރަޕްގެ ގައުމުތަކުން ކުދި ގައުމުތަކަށް ތާއީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ