އަވަސް އިންތިހާބެއް ނުބޭވިއްޖެނަމަ މުޒާހަރާތަކެއް ފެށޭނެ: އިމްރާން ހާން

އަވަސް އިންތިހާބެއް ނުބޭވިއްޖެނަމަ މުޒާހަރާތަކެއް ފެށޭނެ: އިމްރާން ހާން
ލިޔުން:
އަވަސް އިންތިހާބެއް ނުބޭވިއްޖެނަމަ އެކި ކަންކޮޅުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ފެށިދާނެ ކަމުގެ އިންޒާރު ޕާކިސްތާނުގެ ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ ޗެއާމަން އަދި އިދިކޮޅު ލީޑަރު އިމްރާން ހާން ދެއްވައިފިއެވެ.
"މިއީ އިންޒާރެއް ނޫން، އެއީ އަޅުގަނޑުގެ އެނަލިސިސް. އަދި މިހާތަނަށް ވެސް ރައްޔިތުން ތިބީ ޕާޓީތަކުގެ އެއްވުންތަކުގައި ސުލްހަވެރިކަމާ އެކު، އިންތިހާބު ވަރަށް އަވަހަށް ބޭއްވޭނެ ކަމުގެ އުއްމީދުގައި" އިމްރާން ހާން ވިދާޅުވިއެވެ.
"އެހެން ނަމަވެސް ވޯޓުލުމުގެ ހައްގު ނުލިބިއްޖެނަމަ މަގުމައްޗަށް ނިކުންނާނެ، އެއްވެސް މީހަކަށް ހާލަތު ކޮންޓްރޯލް ނުކުރެވޭނެ،" ވީޑިއޯ ލިންކް މެދުވެރިކޮށް ޕާޓީގެ އެކްޓިވިސްޓުންނާ އެކު ބޭއްވި ސެޝަނެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މިހާތަނަށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރު އިންތިހާބާ ދުރަށް ދިޔައީ އޭނާ ވެރިކަމަށް އަންނާނެ ކަމުގެ ބިރަށް ކަމަށެވެ. "ޕާކިސްތާނުގެ ނާޒުކު އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، މިހާތަނަށް އަޅުގަނޑު ޕާޓީގެ ނިންމުންތައް ނިންމީ އަޅުގަނޑުމެންގެ ނާޒުކު އިގްތިސާދަށް ގެއްލުމެއް ނުވާނެ ގޮތަށް، އެކަމަކު އިންތިހާބު ލަސްވެއްޖެ ނަމަ ހާލަތު ކޮންޓްރޯލުން ނެއްޓިގެން ދާނެ،" އިމްރާން ވިދާޅުވިއެވެ.
އަދި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ ހިޔާލުތަފާތުވުންތައް އެއް ފަރާތް ކުރައްވާ ގައުމަށްޓަކައި އެއްބައިވަންތަވުމަށް އިލްތިމާސް ކުރެއްވިއެވެ. އިމްރާން ވަނީ ހޯމަ ދުވަހު މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމްއާބާދު، ލާހޯރު އަދި ޕިޝާވަރުގައި އެއްވުންތައް ބޭއްވުމަށް ވެސް ނިންމަވާފައެވެ.
އެހެންކަމުން ހުރިހާ ގިންތިއެއްގެ ރައްޔިތުން، ހާއްސަކޮށް ގާނޫނީ ވަކީލުން އެއްވުމުގައި ބައިވެރިވެ، ހައްގުތައް ހޯދުމަށް އެދޭ ކަންކަން ހާމަކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
އިމްރާން ވިދާޅުވީ އަންގާރަ ދުވަހު މޭ މަހުގެ ދެވަނަ ދުވަހު އޭނާގެ ޓީމު މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށާއި މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ގައުމީ އަދި ޕްރޮވިންޝަލް އެސެމްބްލީތައް އުވާލުމަށް ސަރުކާރުން ވައުދުވެއްޖެނަމަ ކުރިއަށް ގޮސް ގައުމުގައި "އެއް އިންތިހާބެއް" ގެ ވާހަކަ ދައްކަން ތައްޔާރަށް ތިބި ކަމަށެވެ.
ނަމަވެސް ބަޖެޓަށް ފަހު އެސެމްބްލީތައް އުވާލުމަށް ސަރުކާރުން އެދުމުން އެކަން ބަލައި ނުގަންނާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
