އާތިގްގެ މަރާ ގުޅިގެން އިންޑިއާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު އަލްގައިދާއިން ދީފި

އާތިގްގެ މަރާ ގުޅިގެން އިންޑިއާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު އަލްގައިދާއިން ދީފި
ލިޔުން:
ލައިވް ޓީވީގައި އިންޑިއާގެ ގާނުނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު އާތިގް އަހުމަދު މަރާލުމުގެ ބަދަލު ހިފާނެ ކަމަށް އިސްލާމީ ހަރުކަށި ޖަމާއާތެއް ކަމަށްވާ އަލް ގައިދާއިން އިންޒާރު ދީފިއެވެ.
މީހަކު ވަގަށް ނެގުމުގެ ކުށް ސާބިތުވެފައިވާ އާތިގްް އާއި އޭނާގެ ކޮއްކޮ އަޝްރަފް އަށް ހަމަލާދީފައިވަނީ މެޑިކަލް ޗެކަޕްއަކަށް ގެންދަނިކޮށެވެ. ހަމަލާގައި އަޝްރަފް ވެސް ވަނީ މަރުވެފައެވެ.
އަލްގައިދާ އާއި އެ ޖަމާއަތުގެ އިންޑިއާގެ ގޮތްޕެއް ކަމަށްވާ އަލްގައިދާ އިން އިންޑިއަން ސަބްކޮންޓިނެންޓް (އޭކިއުއައިއެސް) އިން އީދު ދުވަހު އާއްމުކުރި މެސެޖްގައި، އިންޑިއާގައި ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުތަކެއް ވަނީ ދީފިއެވެ.
އެ ޖަމާއަތުން ވަނީ އާތިގާއި އޭނާގެ ކޮއްކޮ އަރުޝަދަކީ "ޝަހީދުން" ގެ ގޮތުގައި ސިފަކޮށް ބަދަލު ހިފާނެ ކަމަށް ބުނެފައެވެ.
އެ މެސެޖު ނެރެފައި ވަނީ އެ ޖަމިއްޔާގެ ޕްރޮޕެގެންޑާ މީޑިއާ ވިންގް އަސް-ސަހާބުން ނެރުނު ހަތް ސަފުހާގެ މަޖައްލާއެއްގައެވެ. އަދި އިންޑިއާގެ މުސްލިމުން "މިނިވަން" ކުރާނެ ކަމަށް ވެސް ވައުދުވިއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އާތިގް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ލަޝްކަރޭ ތައިބާ (އެލްއީޓީ) އާއި ޕާކިސްތާނުގެ ޖާސޫސީ އިދާރާ އައިއެސްއައިއާ ގުޅުން އޮންނަ މީހެކެވެ. އެ ޖަމާއަތްތައް މެދުވެރިކޮށް ހަތިޔާރުތަކެއް ގަނެފައިވާ ކަމަށް އާތިގް އެއްބަސްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޕޯސްޓްމޯޓަމް ރިޕޯޓުގައި ވާގޮތުން އާތިގު މަރުވެފައިވަނީ އޭނާގެ ބުރަކައްޓާއި ބޮލަށް އެރި ވަޒަންތަކުންނެވެ. ފު
އެ މަރާ ގުޅިގެން ފަސް ފުލުހަކު ވަނީ ސަސްޕެންޑްކޮށްފައެވެ. ސަސްޕެންޑް ކުރި އޮފިސަރުންގެ ތެރޭގައި ޝާހްގަންޖް ޕޮލިސް ސްޓޭޝަންގެ ސްޓޭޝަން ހައުސް އޮފިސަރު އަޝްވިނީ ކުމާރު ސިންގާއި އިންސްޕެކްޓާ ރޭންކުގެ ދެ އޮފިސަރުންނާއި ދެ ކޮންސްޓަބަލުން ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
