މާލެ: 31°C

އޭޝިއާ ސަރަހައްދުގައި ޗައިނާއިން ހިންގަމުންދާ "ނުރައްކާ ބޮޑު" ހަރަކާތްތަކާ މެދު އެމެރިކާގެ ކަންބޮޑުވުން

June 4, 2023
2 ފަހަރު ބަލާފައި
އޭޝިއާ ސަރަހައްދުގައި ޗައިނާއިން ހިންގަމުންދާ "ނުރައްކާ ބޮޑު" ހަރަކާތްތަކާ މެދު އެމެރިކާގެ ކަންބޮޑުވުން
އޭޝިއާ ސަރަހައްދުގައި ޗައިނާއިން ހިންގަމުންދާ "ނުރައްކާ ބޮޑު" ހަރަކާތްތަކާ މެދު އެމެރިކާގެ ކަންބޮޑުވުން
ޗައިނާއިން އޭޝިއާ ސަރަހައްދުގައި ނުރައްކާ ބޮޑު އަދި ބާރުގަދަ ހަރަކާތްތައް ހިންގާތީ އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޕެންޓަގަން އިން ކަންބޮޑުވުން ފާޅުކުރީ ދާދި ފަހުން ޗައިނާއިން އަވަށްޓެރި ސަރަހައްދުތަކުގައި، ސަރަހައްދީ ގޮތުން ކުރާ ދަޢުވާތަކަށް ބާރުއެޅުމުގެ ހާދިސާތަކާ ގުޅިގެންނެވެ. ސިންގަޕޫރުގައި ބޭއްވި ސެކިއުރިޓީ ކޮންފަރެންސެއްގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިންގެ އަރިހުގައި ހުންނެވި ޕެންޓަގަންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޕެޓް ރައިޑާ ވަނީ ޗައިނާއިން އެ ސަރަހައްދުގައި "ނުރައްކާ ބޮޑު އަދި ބާރުގަދަ ހަރަކާތްތައް" ހިންގަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ހާއްސަކޮށް ދާދި ފަހުން ހިނގި ހާދިސާތަކުގެ ވާހަކަ އޭނާ ފާހަގަ ކުރެއްވިއެވެ. އޭގެ ރައްދުގައި ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫ ވަނީ "އޭޝިއާ ޕެސިފިކް" ސަރަހައްދުގެ ގޮތުގައި އޮޅުވާލައިގެން ސިފަކުރާ ސަރަހައްދުގައި ނޭޓޯ ފަދަ އަސްކަރީ އިއްތިހާދުތަކެއް ގާއިމު ނުކުރުމަށް އިންޒާރު ދެއްވާފައެވެ. އަދި އެފަދަ އިއްތިހާދުތަކުގެ ސަބަބުން އެ ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ލީ މިހެން ވިދާޅުވެފައި މިވަނީ ޓައިވާން ކަނޑުއޮޅި ކައިރިން އެމެރިކާ އާއި ޗައިނާގެ އަސްކަރީ އުޅަނދުތައް  ކުރިމަތިލުމުންތަކެއް ހިނގައި ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ލީ ވިދާޅުވި ގޮތުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގައި ނޭޓޯ ފަދަ އިއްތިހާދަކަށް ބާރުއެޅުމަކީ ސަރަހައްދީ ގައުމުތައް އޮޅުވާލައި ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް އިތުރަށް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތެކެވެ. އޭނާ މިހެން ވިދާޅުވީ ސިންގަޕޫރުގައި ބޭއްވި ޝަންގްރިއްލާ ކޮންފަރެންސްގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ