އަސަދުގެ ސަރުކާރާ ގުޅުން ބަދަހިނުކުރާނެ ކަމަށް އެމެރިކާއިން ބުނެފި

އަސަދުގެ ސަރުކާރާ ގުޅުން ބަދަހިނުކުރާނެ ކަމަށް އެމެރިކާއިން ބުނެފި
ލިޔުން:
ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު އިސްވެ ހުންނަވާ ސަރުކާރާ، ގުޅުން ބަދަހި ނުކުރާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.
އެމެރިކާއިން އެކަން ހާމަކޮށްފައިވަނީ އަރަބި ގިނަ ގައުމުތަކަކުން ސީރިޔާއާ އެކު އަލުން ގުޅުން ބަދަހިކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ބުރާސްފަތި ދުވަހު އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވިދާޅުވީ އެމެރިކާއިން އަސަދުގެ ސަރުކާރާ ގުޅުން ބަދަހި ނުކުރާނެ ކަމަށެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު "2254" ގެ މައްޗަށް ބިނާކޮށް ހަގީގީ ސިޔާސީ ކުރިއެރުމެއް ލިބެންދެން ސީރިޔާއާ ގުޅުމެއް ނުބޭއްވޭނެއެވެ.
2015 ވަނަ އަހަރުގެ ގަރާރުގައި ވަނީ އދގެ ބެލުމުގެ ދަށުން ސީރިއާގައި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އެދިފައެވެ.
މިދިޔަ ހޯމަ ދުވަހު ސީރިއާ، މިސްރު، އިރާގު، ސައުދީ އަރަބިއްޔާ އަދި އުރުދުންގެ ހާރިޖީ ވަޒީރުން އުރުދުންގެ ވެރިރަށުގައި ބައްދަލުކުރައްވައި އަސަދުގެ ސަރުކާރު އަރަބި މުޖުތަމައުގެ ތެރެއަށް އަލުން ގުޅާލުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
އަރަބި ލީގުން ސީރިއާ ސަސްޕެންޑްކޮށް ސަރަހައްދީ ބާރުތަކުން ބޭރުކުރީ 2011 ވަނަ އަހަރު އަރަބި ސްޕްރިންގްގެ މުޒާހަރާތަކާ ދެކޮޅަށް ސީރިއާ އިން ހިންގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. މި ހަމަނުޖެހުންތަކުގައި އެތައް ހާސް ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ.
މި ހަފުތާގެ ކުރީކޮޅު ބްލިންކެން ވިދާޅުވީ 2012 ވަނަ އަހަރު ސީރިއާއިން ގެއްލުނު އެމެރިކާގެ ނޫސްވެރިޔާ އޮސްޓިން ޓިސް ދޫކޮށްލުމަށް އެމެރިކާއިން ސޫރިޔާ ސަރުކާރާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
