އެމެރިކާގެ ޖައްވީ އިދާރާ ، ނާސާއިން ހަނދަށް ފޮނުވި ޖައްވީ އުޅަނދު "އާޓިމިސް" ނަގާފައިވާ ހަނދުގެ ވަރަށް ސާފު ފޮޓޯތަކެއް ނާސާއިން އާންމުކޮށްފިއެވެ.
މިދިޔަ ހޯމަދުވަހު ހެނދުނުގެ ވަގުތެއްގައި އޮރިއަން ޖައްވީ އުޅަނދު ހަނދުގެ ކައިރިން ދަތުރުކުރި އިރު ގާތްގަނޑަކަށް 80 މޭލު ދުރުން، މި ފޮޓޯތައް ނެގީ އެ އުޅަނދުގެ ސޯލާ ޕެނަލްގައި ހަރުކޮށްފައިވާ ކެމެރާތަކުންނެވެ.

އާޓިމިސް އުޅަނދު ހަނދަށް ކުރާ މި ދަތުރަކީ މީހަކާ ނުލައި ކުރާ ދަތުރެކެވެ.

މި ފޮޓޯތައް ނެގީ ނާސާއިން އަޕްގްރޭޑްކުރި ގޯޕްރޯ ކެމެރާތަކަކުންނެވެ.

މިއީ ފާއިތުވި 50 އަހަރު ތެރޭގައި އިންސާނުންނައް ދަތުރު ކުރެވޭވަރުގެ ޖައްވީ އުނޅަދެއް ނަސާއިން މިހާ ދުރައް ފޮނުވި ފުރަތަމަ ފަހަރެވެ.