މާލެ: 31°C

އަރަބި ލީގު ސަމިޓުގައި އައްސަދު ބައިވެރިވުމުން އިހުތިޖާޖު ކުރަނީ

May 20, 2023
2 ފަހަރު ބަލާފައި
އަރަބި ލީގު ސަމިޓުގައި އައްސަދު ބައިވެރިވުމުން އިހުތިޖާޖު ކުރަނީ
އަރަބި ލީގު ސަމިޓުގައި އައްސަދު ބައިވެރިވުމުން އިހުތިޖާޖު ކުރަނީ
ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ އެކު އަރަބި ބައެއް ގައުމުތަކުން ގުޅުން އާންމު ކޮށް، އެ ގައުމު އަލުން އަރަބި ލީގަށް އެނބުރި ދިއުމާ ދެކޮޅަށް ސޫރިޔާގެ އެތައް ހާސް ބަޔަކު އެގައުމުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކޮށްފިއެވެ. މި މުޒާހަރާތައް ކޮށްފައި ވަނީ ސައުދީ ގައި ބޭއްވި އަރަބި ލީގުގެ ސަމިޓުގައި އަސަދު ބައިވެރިވެވަޑައިގަތުމާ ގުޅިގެންނެވެ. ސީރިޔާއިން އެ ސަމިޓްގައި ބައިވެރިވީ 12 އަހަރު ފަހުންނެވެ. އިދްލީބް، އަލްބާބް، އަޒާޒް، ޖަރަބުލުސް އަދި އަފްރީން ފަދަ ސިޓީތަކުގައި ބޭއްވި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. ސީރިއާއިން ބޭރުގެ ހަ ސިޓީއެއް ކަމަށްވާ ވިއެނާ، އެމްސްޓަޑަމް، ލަންޑަން، ވައިލް، ސްޓޮކްހޯމް އަދި ލިޔޯންގައި ވެސް ވަނީ މުޒާހަރާކޮށްފައެވެ. ހުޅަނގު އުތުރުގައި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ އިދްލީބު ސިޓީގައި އެތައް ސަތޭކަ ބަޔަކު ވަނީ މުޒާހަރާތަކުގައި ބައިވެރިވެފައެވެ. އިދްލީބުގެ އުތުރުގައި އޮންނަ މާރަތުލް ނުއުމާންއަށް ނިސްބަތްވާ ގެދޮރު ގެއްލިފައިވާ އާންމު ރައްޔިތެއް ކަމަށްވާ އިބްރާހިމް އަބޫދު މުޒާހަރާގެ މަގްސަދުތައް ހާމަކުރަމުން ބުނީ، އެ މީހުންގެ މަގުސަދަކީ އަސަދުގެ ވެރިކަމުގައި ކުރިމަތިވި ދާހިލީ އަނިޔާވެރިކަމަށް ރައްދު ދިނުމުގެ ގޮތުން ސީރިޔާގެ އިންގިލާބު އަމިއްލައަށް ފެށުނުކަން އަލްއަސަދުގެ ސަރުކާރާ ގުޅުން އާންމު ކުރަން މަސައްކަތް ކުރި މީހުންނަށް ހަނދާންކޮށްދިނުން ކަމަށެވެ. އަބޫދު ބުނީ 2011 ވަނަ އަހަރު އެންމެ ފުރަތަމަ މުޒާހަރާތައް ފެށިއިރު އެއްވެސް ފަރާތެއްގެ ހުއްދަ އަށް އެދިފައި ނުވާ ކަމަށާއި ސީރިއާގެ ވަށައިގެންވާ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ހާލަތަށް ރިއާޔަތް ނުކުރާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ