މާލެ: 31°C

އަރަބި-ޗައިނާ ބިޒްނަސް ކޮންފަރެންސް: 30 އެއްބަސްވުމެއްގައި ސޮއިކޮށްފި

June 12, 2023
2 ފަހަރު ބަލާފައި
އަރަބި-ޗައިނާ ބިޒްނަސް ކޮންފަރެންސް: 30 އެއްބަސްވުމެއްގައި ސޮއިކޮށްފި
އަރަބި-ޗައިނާ ބިޒްނަސް ކޮންފަރެންސް: 30 އެއްބަސްވުމެއްގައި ސޮއިކޮށްފި
10 ވަނަ އަރަބި-ޗައިނާ ބިޒްނަސް ކޮންފަރެންސް ގައި 10 ބިލިއަން ޑޮލަރުގެ އަގުހުރި 30 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ޓެކްނޮލޮޖީ، އިއާދަކުރަނިވި ހަކަތަ، ދަނޑުވެރިކަން، ރިއަލް އެސްޓޭޓް، މިނަރަލްސް، ސަޕްލައި ޗެއިން، ޓޫރިޒަމް އަދި ހެލްތްކެއާ ފަދަ ދާއިރާތައް ހިމެނެއެވެ. އިންވެސްޓްމަންޓް މިނިސްޓްރީ ތަމްސީލްކުރާ ސައުދީ ސަރުކާރުން ވަނީ ޗައިނާގެ އެކި ފަރާތްތަކާއެކު އެއްބަސްވުންތަކެއް ހަދާފައެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި އޮޓޯމޯޓިވް ރިސާޗް، ޑިވެލޮޕްމަންޓް، މެނުފެކްޗަރިން އަދި ސޭލްސްގެ ޖޮއިންޓް ވެންޗާތަކުގެ އިތުރުން ޓޫރިޒަމާއި އެހެނިހެން އެޕްލިކޭޝަންތައް ތަރައްގީ ކުރުން ހިމެނެއެވެ. ރިޔާޒުގައި ބޭއްވި ކޮންފަރެންސްގައި ސަރުކާރުގެ އެއްބަސްވުންތަކުގެ އިތުރުން ވިޔަފާރީގެ ގިނަ އެއްބަސްވުންތަކެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. އެ ރަސްމިއްޔާތުގައި ސައޫދީ ހަކަތައިގެ ވަޒީރު ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ވަނީ ކުރިއަށް އޮތްތަނުގައި ސައޫދީ-ޗައިނާގެ އިންވެސްޓްމަންޓްތަކާ ބެހޭގޮތުން އިތުރު އިޢުލާނުތަކެއް ކުރައްވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަރަބް-ޗައިނާ ބިޒްނަސް ކޮންފަރެންސްގައި ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ވަނީ ސައުދީ އަރަބިއްޔާ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ސައުދީ ވިޝަން 2030 ގެ ޕްލޭނާއެކު ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، ޗައިނާއިން ދަނީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ މަސައްކަތްތައް ހަރަކާތްތެރިވަމުންކަން  ފާހަގަކުރެއްވިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސަކީ ސައުދީ  އިންވެސްޓްމަންޓާއި ފޮރިން މިނިސްޓްރީ ގުޅިގެން އަރަބި ލީގުގެ ޖެނެރަލް ސެކްރެޓޭރިއެޓާއި ޗައިނީޒް ކައުންސިލް ފޯ ދަ ޕްރޮމޯޝަން އޮފް އިންޓަނޭޝަނަލް ޓްރޭޑް އަދި ޔޫނިއަން އޮފް އަރަބް ޗެމްބާސް ގުޅިގެން ބޭއްވި ކޮންފަރެންސެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ