މާލެ: 31°C

އަގްސާ މިސްކިތް ބެލެހެއްޓުން ހަވާލުވެފައި އޮތީ އިޒްރޭލާ: ބެން ގްވީރު

May 22, 2023
2 ފަހަރު ބަލާފައި
އަގްސާ މިސްކިތް ބެލެހެއްޓުން ހަވާލުވެފައި އޮތީ އިޒްރޭލާ: ބެން ގްވީރު
އަގްސާ މިސްކިތް ބެލެހެއްޓުން ހަވާލުވެފައި އޮތީ އިޒްރޭލާ: ބެން ގްވީރު
މުސްލިމުންގެ މުގައްދިސު ތަނެއްގެ ގޮތުގައި ހިމެނޭ އަގްސާ މިސްކިތް ބެލެނިވެރި ފަރާތަކީ އިޒްރޭލު ކަމަށް އެ ގައުމުގެ ސަލާމަތީ ވަޒީރު އިޓަމާރު ބެން-ގްވީރު ވިދާޅުވެއްޖެއެވެ. ޔަހޫދީންނަށް ޓެމްޕަލް މައުންޓްގެ ނަމުން އަދި މުސްލިމުންގެ އަގްސާ މިސްކިތަކީ ދީނީ ގޮތުންނާއި ތާރީހީ ގޮތުން މުހިންމު ތަނެކެވެ. ބެން ގްވީރު ގުދުސް އަށް ކުރެއްވި ދަތުރާއެކު، އިސްރާއީލާއެކު ސުލްހައިގެ އެއްބަސްވުންތައް ހަދާފައިވާ އަރަބި ދެ ގައުމު ކަމަށްވާ އުރުދުން އާއި މިސްރުގެ ފާޑުކިޔުންތައް ވެސް ވަނީ އޭނާ އަށް އަމާޒުވެފައެވެ. ބެން ގްވީރު އަގްސާ މިސްކިތަށް ވަޑައިގެންނެވީ ޔަހޫދީ ޒުވާނުންނާއި ފަލަސްތީނުގެ ޖަމާއަތްތަކާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިތާ އިރުކޮޅެއް ފަހުންނެވެ. އޭނާ ވަނީ ޓެމްޕަލް މައުންޓަކީ އިސްރާއީލުގެ ގައުމަށް އެންމެ މުހިންމު ތަނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެތަނުގައި ފުލުހުން ކުރަމުން ގެންދާ މަސައްކަތަށް ތައުރީފު ކުރައްވައި، ހަމާސްގެ އިންޒާރުތަކާ އެކުވެސް ގުދުސްގައި އެންމެ ހައްގު ބާރަކީ އިސްރާއީލު ކަމަށް ވިދާޅުވިއެވެ. އަދި ގުދުސް އާއި މުޅި އިސްރާއީލުގެ ބިމަށް އިސްރާއީލުން ދައުވާކުރާކަން ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ