މާލެ: 31°C

އަންނަ އަހަރު ބާއްވާ އާންމު އިންތިހާބަށް އިންޑިއާގެ އިދިކޮޅުން ކޯލިޝަނެއް ހަދައިފި

July 21, 2023
2 ފަހަރު ބަލާފައި
އަންނަ އަހަރު ބާއްވާ އާންމު އިންތިހާބަށް އިންޑިއާގެ އިދިކޮޅުން ކޯލިޝަނެއް ހަދައިފި
އަންނަ އަހަރު ބާއްވާ އާންމު އިންތިހާބަށް އިންޑިއާގެ އިދިކޮޅުން ކޯލިޝަނެއް ހަދައިފި
އަންނަ އަހަރު ބާއްވާ ޕާލަމެންޓް އިންތިހާބުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާ ވާދަކުރުމަށް އިންޑިއާގެ އިދިކޮޅު  ގިނަ ޕާޓީތަކެއް ގުޅިގެން "އިންޑިއާ" ގެ ނަމުގައި އިއްތިހާދެއް އުފައްދައިފިއެވެ. އެ ނިންމުން އިއުލާނުކޮށްފައިވަނީ ދެކުނުގެ ސިޓީއެއް ކަމަށްވާ ބެންގަލޫރުގައި 26 ޕާޓީއެއްގެ ބައިވެރިވެގެން ކުރިއަށް ގެންދިޔަ ދެ ދުވަހުގެ ބައްދަލުވުމުގައެވެ. އިދިކޮޅު މައި ކޮންގްރެސް ޕާޓީގެ ރައީސް މަލިކާރްޖުން ހަރްގޭ ވިދާޅުވީ "އިންޑިއާ" އިއްތހާދުގެ ދިގު ނަމަކީ "އިންޑިއަން ނޭޝަނަލް ޑިވެލޮޕްމަންޓް އިންކްލޫސިވް އެލަޔަންސް" އަށް ކަމަށެވެ. "އެންމެ ބޮޑު އަމާޒަކީ ޑިމޮކްރަސީ އާއި ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް އެންމެން އެކުގައި ތިބުން،" އިދިކޮޅު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަރްގޭ ވިދާޅުވިއެވެ. ގުޅިފައިވާ ޕާޓީތަކަށް ނަން ދިނުމަކީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ބީޖޭޕީއަށް އަމިއްލަ ނޭޝަނަލިސްޓް ޕްލެޓްފޯމެއްގައި ޗެލެންޖް ކުރުމަށް އިދިކޮޅު ޕާޓީތަކުން ކުރާ ކަމެއްގެ ގޮތުގައި ބެލެވެއެވެ. ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ ބީޖޭޕީއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ "އިންޑިއާގެ ވިސްނުން ދިފާއުކޮށް، އިންޑިއާގެ ރައްޔިތުންގެ އަޑު ދިފާއުކުރުމަށް ކުރާ ހަނގުރާމައެއް" ކަމަށެވެ. "އިންޑިއާ އެއްބައިވަންތަވާނެ، އިންޑިއާ މޮޅުވާނެ،" ހިންދީ ބަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. އިދިކޮޅު ޕާޓީތަކުގެ ބެންގަލޫރު ބައްދަލުވުމަކީ އަންނަ އަހަރުގެ އިންތިހާބާ ދިމާކޮށް ހިޔާލު ތަފާތުވުންތައް ނައްތާލައި އެއް ޕްލެޓްފޯމެއް ބިނާކުރުމަށް މަހެއްހާ ދުވަހުގެ ތެރޭގައި ބޭއްވި ދެ ވަނަ ބައްދަލުވުމެވެ. މިދިޔަ މަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި 15 ޕާޓީއަކުން ވަނީ ބީޖޭޕީއާ ދެކޮޅަށް އެއްބައިވަންތަވުމަށް އެއްބަސްވެފައެވެ. ސަރަހައްދީ ވާދަވެރިންގެ ގޮތުގައި ހިމެނޭ އަދި ގައުމީ ފެންވަރުގައި ބައިބައިވެފައިވާ ގިނަ ޕާޓީތަކަކީ ޕާލަމެންޓުގެ 542 މެމްބަރުން ހިމެނޭ ތިރިގޭގައި ބީޖޭޕީއަށް ލިބިފައިވާ 301 ގޮނޑީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު ގޮނޑިއެކެވެ. އިންޑިއާ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އަޅުގަނޑުމެންގެ ޖުމްހޫރީ ސިފައަށް ބީޖޭޕީއިން ވަރަށް ބޮޑަށް އަނިޔާކުރަމުން އަންނަ" ކަމަށާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިންޑިއާގެ ވިސްނުން ހިމާޔަތް ކުރާނެ ކަމަށެވެ. "ހަރުދަނާ އަދި ސްޓްރެޓެޖިކް ޕަބްލިކް ސެކްޓާއަކާއި ވާދަވެރި އަދި ކުރިއަރަމުން އަންނަ ޕްރައިވެޓް ސެކްޓާއެއް ހިމެނޭ އިންސާފުވެރި އިގްތިސާދެއް ބިނާކުރަން ޖެހޭ ކަމަށާއި އެ ދާއިރާގައި އެންޓަޕްރައިޒްގެ ރޫހު އާލާކޮށް ފުޅާކުރުމުގެ ހުރިހާ ފުރުސަތެއް ވެސް ދޭން ޖެހޭ،" އިއްތިހާދުގެ އެ ބަޔާނުގައިވެއެވެ. "ބީޖޭޕީގެ ނިޒާމީ މަކަރުވެރި ރޭވުމާ ދެކޮޅަށް މަސައްކަތް ކުރަން އަޒުމް ކަނޑައަޅައި، އިންޑިއާގެ އަހުލުވެރިންނަށް އަމާޒުކޮށް، އަނިޔާކޮށް، ކަނޑުވާލަން." ބަޔާނުގައި ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ