އަންހެނުންގެ ދުވަހަކީ މަލާއި ހަދިޔާގެ ދުވަސްތަ؟

އަންހެނުންގެ ދުވަހަކީ މަލާއި ހަދިޔާގެ ދުވަސްތަ؟
ލިޔުން:
ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ 8 ވަނަ ދުވަސް ދުނިޔޭގެ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އިރު، އެދުވަސް އެކިގޮތްގޮތަށް ރާއްޖޭގައި ވެސް ފާހަގަކުރެއެވެ. އެގޮތުން، ދުވަހުގެ ހާއްސަ ޖަލްސާތައް، އަންހެނުންގެ ކޮމިޓީތަކާއި ޖަމިއްޖާތަކުން އިސްނަގައިގެން ބޭއްވުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ފަހަކަށް އައިސް މިސަގާފަތް ބަދަލުވެ އަންހެނުންގެ ދުވަސް ވެގެން ދަނީ، އޮފީސްތަކާއި ސްކޫލުތަކާއި އެނޫންވެސް ތަންތަނުގައި އަންހެނުންނަށް ހަދިޔާއާއި މާ ދިނުމާއި ދަނބުކުލައިން ހެދުން އަޅާ ދުވަހެއްގެ ގޮތުގައެވެ. ގިނަ ރައްރަށުގައި ، އަދިވެސް މިދުވަސް ފާގަކުރަން، ކުޅިވަރު ތަކާއި އެހެނިހެން ހަފްލާތައް ބާއްވައެވެ.
ނަަމަވެސް، އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ އަސްލު މަގުސަދަކީ ކޮބައިބާ އެވެ. އަންހެނުންގެ ދުވަހެއް ފުރަތަމަ ފާހަގަ ކުަރަން ޖެހުނު ސަބަބަކީ ކޮބައިބާ އެވެ.
ނަވާރަ ސަތޭކައިގެ އަހަރުތައް ނުވަތަ 20 ވަނަ ގަރުނު ފެށިގެން އައިއިރުވެސް ، ދުނިޔޭގެ ގިނަ ގައުމުތަކުގައި އަންހެނުންނާއި މެދު ވަަރަށް ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅުނެވެ. އެގޮތުން، ވޯޓުލުމުގެ ހައްގު، ވަކި ވަޒީފާތަކެއް އަދާކުރުމުގެ ހައްގު އަންހެނުންނަށް ލިބިގެނެއްނުވެއެވެ.
އަންހެނުންގެ ދުވަހުގެ ތާރީޚު ފެށެނީ 1909 ވަނަ އަހަރު އެމެރިކާގެ އަންހެނުން ވޯޓުލުމުގެ ހައްގާއި މަސައްކަތުގެ ހާލަތު ރަނގަޅު ކުރުމަށް އެދި ނިއުޔޯކް ސިޓީގައި ކުރި މުޒާހަރާއަކާ ހަމައިންނެވެ. ފުރަތަމަ ގައުމީ އަންހެނުންގެ ދުވަސް އެމެރިކާގައި ފާހަގަކުރީ 28 ފެބްރުއަރީ 1909 ގައި ކަމަށްވާއިރު، 1910 ވަނަ އަހަރު ކޮޕަންހޭގަންގައި ބޭއްވި ބައިނަލްއަގްވާމީ ސޯޝަލިސްޓް ކޮންފަރެންސްގައި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހެއް ގާއިމުކުރަން ނިންމިއެވެ. އަންހެނުންގެ ހައްގު ހޯދުމަށް ފެށުނު މި މޫމްމަންޓް ފަހުން ފެމިނިސްތް ވޫވްމަންޓްއަކަށް ބަދަލުވެގެން ވެސް ދިޔައީއެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރަންވީ، އެތައް ސަބަބެއް އެބައޮތެވެ. ފުރަތަމަ ކަމަކީ، ކުރިން ދުނިޔޭގ ެކަންކޮޅުތަކުގައި އަންހެނުންނަށް ނުލިބުނު، ވޯޓުލުގެ ހައްގާއި، ވަކީ ވަޒީފާ ތަކެއް އަދާ ނުކުރެވުމުގެ ހައްގު އަންހެނުންނަށް ލިބުނީ، އެތައް މަަސއްކަތަކުން ކަމުގައިވާތީއެވެ.
އަންހެނުންގެ ދުވަހަކީ ވެއަތުވެތިޔަ އަހަރުތަކުގައި އަންހެނުންނަށް ލިބިފައިވާ ކުރިއެރުންތަކާ މެދު ވިސްނާލުމުގެ ދުވަހެކެވެ. ޖިންސީ ހަމަހަމަކަމަށް މަސައްކަތް ކުރަމުން ގެންދިއުމަށް ވައުދުވާ ދުވަހެކެވެ. އަންހެނުންގެ ދުވަހަކީ އެކި ދާއިރާތަކުން އަންހެނުން ހޯދާ ކާމިޔާބީތައް ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ދުނިޔޭގެ ފެންވަރުގައި އަންހެނުންނާއި އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކުރުމުގެ ފުރުސަތެކެވެ. އަންހެނުންގެ ދުވަހަކީ ޖެންޑާ އިކުއަލިޓީ ކުރިއެރުވުމާއި އަންހެނުން ބާރުވެރިކުރުވުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ ދުވަހެކެވެ. އަންހެނުންގެ ބާރާއި ކެތްތެރިކަން ފާހަގަކުރާ ދުވަހެކެވެ. އަންހެނުންގެ ދުވަހަކީ މުޖުތަމަޢުގައި އަދި ދުނިޔޭގައި އަންހެނުންގެ ދައުރާ މެދު ވިސްނާލުމުގެ ފުރުސަތެކެވެ. ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައި ވެސް އަންހެނުންގެ ހިއްސާ އޮންނަވަރު އަގުވަޒަން ކޮށްލަން ލިބޭ ފުރުސަތެކެވެ.
އަންހެނުންގެ ދުވަހުގެ މެސެޖަކީ ސާދާ މެސެޖެކެވެ. ނަސްލާއި ނަސްލާއި ދީނާއި އިގްތިސާދީ ފަސްގަނޑަށް ބެލުމެއް ނެތި ހުރިހާ އަންހެނުންނަށް ހަމަހަމަ ހައްގުތަކެއް ލިބިގެން ދިއުމެވެ. އެއީ އަންހެނުންނަށް ލިބިފައިވާ ކުރިއެރުންތައް ފާހަގަކޮށް، ހަމަހަމަކަމަށް މަސައްކަތް ކުރަމުން ގެންދިއުމަށް ވައުދުވާ ދުވަހެކެވެ. މި ދުވަހު އަންހެނުން ބާރުވެރިކުރުމަށާއި، އެމީހުންގެ ހުވަފެންތައް ހާސިލްކުރުމަށް އެހީތެރިވުމަށް ކުރާ ވައުދެކެވެ.
މާނައަކީ، އަންހެނުން ވަކި ހާއްސަވުމެއްނޫނެވެ. ޖިންސީތަފާތު ނައްތާލުމެވެ. އަންހެނުންގެ ދުވަހު މަލާއި ހަދިޔާ ދިނަސް އަދި ނުނިމެއެވެ. އަންހެނުންނަށް ލިބޭ އަނިޔާއާއި ދެކޮޅަށް ކުރެވުނީ ކޮންކަމެއްތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލަން ރަނގަޅު ފުރުސަތެކެވެ. ބަނޑުއަޅާވިހޭ މަންމަ، އަންހެނަކަށް ވީތި އުފުލި ތަކުލީފާއި ބުރަ ހަނދާކޮށްލާ އަގުވަޒަން ކުރަން އެންމެ ދުވަހެއް ނުފުދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
