އަންހެން އެހީތެރިން ނެތުމުން އަފްގާނިސްތާނުގައި ހިންގާ ޕްރޮގްރާމްތައް ހުއްޓުމަކަށް!

އަންހެން އެހީތެރިން ނެތުމުން އަފްގާނިސްތާނުގައި ހިންގާ ޕްރޮގްރާމްތައް ހުއްޓުމަކަށް!
ލިޔުން:
އދ. އިން އަފްގާނިސްތާނުގައި ހިންގާ "ޓައިމް ކްރިޓިކަލް" ބައެއް ޕްރޮގްރާމްތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.
އަދި އިތުރުން އެހެން ގިނަ ހަރަކާތްތަކެއް ވެސް ހުއްޓުމަކަށް އަންނާނެ ކަމުގެ އިންޒާރު އެ ޖަމިއްޔާއިން ވަނީ ދީފައެވެ. އދ. އިން މި ނިންމުން ނިންމާފައިމިވަނީ އަންހެނުން މަސައްކަތްކުރުން، ތާލިބާނުން ހިންގާ ސަރުކާރުން މަނާކުރުމުންނެވެ. އދ.ގެ އިމަޖެންސީ ރިލީފް ކޯޑިނޭޓަރު މާޓިން ގްރިފިތްސްގެ އިތުރުން އދގެ މުހިންމު އިދާރާތަކާއި ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުގެ އިސްވެރިން ވަނީ އިންސާނީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ތާލިބާނުން އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.
ސްކޫލްތަކާއި ޔުނިވާސިޓީތަކާއި އާންމު ދިރިއުޅުމަށް އަންހެނުން މަނާކުރާ ހުރިހާ އެންގުންތަކެއް ބާތިލްކުރުމަށް ގޮވާލާފައެވެ. އދ.ގެ މަންދޫބުންނާއި އެހީދޭ އިދާރާތައް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްގާނިސްތާނުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮންމެ ކަމެއްގައި ވެސް އަންހެން މުވައްޒަފުންނަކީ މުހިންމު ބައެއް ކަމަށެވެ.
"އިންސާނީ މަސައްކަތްތަކުން އަންހެނުން މަނާކުރުމަކީ އަފްގާނިސްތާނުގެ ހުރިހާ ރައްޔިތުންނަށް ފުރާނައަށް ނުރައްކާވާ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް. މިހާރުވެސް ބައެއް ޓައިމް ކްރިޓިކަލް ޕްރޮގްރާމްތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހުނީ އަންހެން މުވައްޒަފުން ނެތުމުގެ ސަބަބުން،" ބަޔާނުގައިވެއެވެ.
ތާލިބާނުންގެ ސަރުކާރުން ވަނީ އަންހެން އެހީތެރިން މަސައްކަތް ކުރުން މަނާކުރިކަން މިދިޔަ ހޮނިހިރު ދުވަހު އިއުލާނުކޮށްފައެވެ. އެއީ މިދިޔަ ހަފުތާގައި ޔުނިވާސިޓީތަކަށް އަންހެނުން ދިއުން މަނާކުރުމާ ގުޅިގެންނެވެ. ތާލިބާނުން ވަނީ މިދިޔަ މާޗް މަހު ވެސް އަންހެން ކުދިން ހައި ސްކޫލަށް ދިއުން ހުއްޓުވައިފައެވެ.
12 ގައުމަކާއި ޔޫރަޕިއަން ޔޫނިއަން ގުޅިގެން ތާލިބާނުންނަށް ގޮވާލާފައި ވަނީ އަންހެން އެހީދޭ މަސައްކަތްތެރިން މަނާކުރުން އުވާލައި އަންހެނުންނާއި އަންހެން ކުދިންނަށް ސްކޫލަށް ދިއުމުގެ ފުރުސަތު ދިނުމަށެވެ.
އޮސްޓްރޭލިއާ، ކެނެޑާ، ޑެންމާކް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ޖަޕާން، ނޯވޭ، ސްވިޒަލޭންޑް، ނެދަލޭންޑްސް، އިނގިރޭސިވިލާތް، އެމެރިކާ އަދި އީޔޫގެ ހާރިޖީ ވަޒީރުން ނެރުއްވި ބަޔާނެއްގައިވެއެވެ.
އަފްގާނިސްތާނުގެ އެތައް މިލިއަން ބަޔަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ދުނިޔޭގެ މަޝްހޫރު ހަތަރު ޖަމާއަތަކުން އާދީއްތަ ދުވަހު ބުނީ އޮޕަރޭޝަންތައް މެދުކަނޑާލަނީ އަންހެން މުވައްޒަފުން ނެތި ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވޭތީ ކަމަށެވެ.
އދ.ގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަންހެން އެހީދޭ ފަރާތްތައް މަނާކޮށްފައި މިވަނީ އެ ގައުމުގައި 28 މިލިއަނަށްވުރެ ގިނަ މީހުން ބަނޑުހައިހޫނުކަމާއި އިގްތިސާދީ ހީނަރުކަމާއި، ފަގީރުކަމާއި ފިނިމޫސުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
