އަމިތް ޝާހު އަރުނާޗަލް ޕްރަދޭޝްއަށް ކުރެއްވި ދަތުރުފުޅަށް ޗައިނާއިން ފާޑުކިޔައިފި

އަމިތް ޝާހު އަރުނާޗަލް ޕްރަދޭޝްއަށް ކުރެއްވި ދަތުރުފުޅަށް ޗައިނާއިން ފާޑުކިޔައިފި
ލިޔުން:
އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހު، އިރުއިތުރުގައި އޮންނަ އަރޫނާޗަލް ޕްރަދޭޝްއަށް ކުރައްވާ ދަތުރުފުޅާ ޗައިނާއިން ވަރަށް ބޮޑަށް ދެކޮޅު ހަދައި ފާޑުކިޔައިފިއެވެ.
ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ އަމިތް ޝާހު އެ ސަރަހައްދުގައި ހިންގަވާ ހަރަކާތްތަކަކީ ޗައިނާގެ ސަރަހައްދީ ސިޔާދަތާ ހިލާފު ކަމެއް ކަމަށެވެ.
އިންޑިއާއިން އެގައުމުގެ ސްޓޭޓެއްގެ ގޮތުގައި ދެކޭ އަރޫނާޗަލް ޕްރަދޭޝްގެ ބައެއް ތަންތަނުގެ ނަން ޗައިނާއިން ވަނީ ބަދަލުކޮށްފައެވެ. އަދި ބުނަނީ އެ ސަރަހައްދުތަކަކީ އެގައުމުގެ ސަރަހައްދުގެ ބައެއް ކަމަށެވެ.
އަމިތު ޝާހު ވިދާޅުވީ އިންޑިއާގެ ބޯޑަރުތައް ހިމާޔަތް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެއްވެސް މީހަކަށް އިންޑިއާގެ ބިން ނުނެގޭނެ ކަމަށެވެ.
ބޯޑަރު ސަރަހައްދެއްގެ މައްސަލާގައި އިންޑިއާއާ ޗައިނާއާ ދެމެދު ދެބަސްވުންތަކެއް އުފެދިފައިވާއިރު، ދާދި ފަހުން ފަރުބަދަމަތީ ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އެ ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފައެވެ.
1962 ވަނަ އަހަރު 3،800 ކިލޯމީޓަރު (2،360 މޭލު) ގެ ބޯޑަރު ސަރަހައްދުގައި ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ހިނގިއެވެ.
މި މަހު ޗައިނާގެ ސިވިލް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާއިން ދެކުނު ޓިބެޓް ސަރަހައްދުގެ ގޮތުގައި ސިފަކުރާ ސަރަހައްދުގައި ފަސް ފަރުބަދަ ހިމެނޭ ގޮތަށް 11 ތަނެއްގެ ނަން "ސްޓޭންޑަރައިޒް" ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އަވަށްޓެރި ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އިތުރަށް އިތުރުވެފައިވާ ކަމަށެވެ.
ޗައިނާއިން ބަޔާނާއެކު މެޕެއް ނެރެފައިވާއިރު، ނަން ބަދަލުކުރި 11 ތަނަކީ ޗައިނާ ބަހުން "ޒަންގްނާން" ނުވަތަ ދެކުނު ޓިބެޓްގެ ބައެއްގެ ގޮތުގައި ދައްކުވައިދެއެވެ.
އެ މެޕްގައި އަރޫނާޗަލް ޕްރަދޭޝް އަކީ ދެކުނު ޓިބެޓްގެ ބައެއްގެ ގޮތުގައި ދައްކުވައިދީފައިވާއިރު، ޗައިނާ އާއި އިންޑިޔާގެ ބޯޑަރު ފާހަގަކޮށްފައި ވަނީ ބްރަހްމަޕުތުރާ ކޯރުގެ އުތުރުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
