މާލެ: 31°C

އެމެރިކަން އެއާލައިންސްގެ މަތިންދާ ބޯޓަކާއި އަސްކަރީ ހެލިކޮޕްޓަރެއް ވައިގެތެރޭގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

January 30, 2025
332 ފަހަރު ބަލާފައި
އެމެރިކަން އެއާލައިންސްގެ މަތިންދާ ބޯޓަކާއި އަސްކަރީ ހެލިކޮޕްޓަރެއް ވައިގެތެރޭގައި ޖެހި އެކްސިޑެންޓެއް ހިނގައިފި
އެމެރިކާގެ ވޮޝިންޓަން ކައިރީގައި އޮންނަ ރޮނާލްޑް ރޭގަން ނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުނު އެމެރިކަން އެއާލައިންގެ މަތިންދާ ބޯޓަކާއި އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކްސް ހެލިކޮޕްޓަރެއް ވައިގެތެރޭގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެމެރިކަން އެއާލައިންސްގެ ވެބްސައިޓުގައިވާ ގޮތުން ކެންސަސްގެ ވިޗިޓާއިން ފުރައިގެން ދިޔަ އެމެރިކަން އެއާލައިންސްގެ ފްލައިޓް 5342 ގައި 65 ފަސިންޖަރުން އުފުލޭނެ އެވެ. ނަމަވެސް އެ އެކްސިޑެންޑާ ގުޅޭ އިތުރު ތަފްސީލް ތަށް ހާމަކޮށްފައި ނުވި ނަމަވެސް އެކްސިޑެންޓް ހިނގާފައިވަނީ އެމެރިކަން އެއާލައިންސްގެ 5342 ނަމްބަރުގެ ފްލައިޓެއް ރޭގަން ވޮޝިންޓަން ނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވޮޝިންޓަން ޑީސީ ކައިރީގައި އުދުހެމުންދިޔަ ބްލެކް ހޯކް ހެލިކޮޕްޓަރެއްގައި ޖެހިގެން ކަމަށް އޮފިޝަލުންނާ ހަވާލާދީ މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުގައިވެއެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނީ އެމެރިކަން އެއާލައިންސް ގެ ރީޖަނަލް ޖެޓެއް ރޭގަންއަށް ދަތުރުކުރަމުން ދަނިކޮށް ބްލެކް ހޯކް ހެލިކޮޕްޓަރަކާ ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކުވެސް ވަނީ އެ ބޯޓު ވެއްޓުމުގައި އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ހިމެނޭކަން ކަށަވަރުކޮށްދީފައެވެ. 
މި އެކްސިޑެންޓާ ގުޅޭގޮތުން އެމެރިކާގެ ފުލުހުން ބުނީ އެއާޕޯޓުގެ ބޯޑަރު އޮންނަ ޕޮޓޮމެކް ކޯރުގައި ގިނަ އެޖެންސީ ތަކަކުން ބައިވެރިވެގެން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި އިތުރު މައުލޫމާތު ޑިވެލޮޕްވަމުންދިޔަވަރަކަށް ހާމަކުރަމުން ގެންދާނެ ކަމަށެވެ. އަދި ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން ބުނީ މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.

އަދި އެމެރިކަން އެއާލައިންސް އިންވެސް ބުނެފައިވަނީ އެއެކްސިޑެންޓާ ގުޅޭ މައުލޫމާތު އެ ކުންފުންޏަށް ލިބެން ފެށުމުން އިތުރު މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. ރޮއިޓާސް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ