މާލެ: 31°C

އެމެރިކާއާ އާއި ޔޫރަޕުން ޔޫކްރޭންނަށް އިތުރު ބަރު ހަތިޔާރު ފޯރުކޮށްދެނީ

January 21, 2023
2 ފަހަރު ބަލާފައި
އެމެރިކާއާ އާއި ޔޫރަޕުން ޔޫކްރޭންނަށް އިތުރު ބަރު ހަތިޔާރު ފޯރުކޮށްދެނީ
އެމެރިކާއާ އާއި ޔޫރަޕުން ޔޫކްރޭންނަށް އިތުރު ބަރު ހަތިޔާރު ފޯރުކޮށްދެނީ
ޔޫކްރޭނަށް އިތުރު ހަތިޔާރު ފޮނުވުމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ގޮވާލެއްވި ގޮވާލެއްވުމަށް  ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއިން އިޖާބަ ދީފިއެވެ. އެމެރިކާއިން ބުނީ 2.5 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ފޮނުވާނެ ކަމަށާއި އޭގެ ތެރޭގައި އާމާޑް ވެހިކަލްތަކާއި އެއާ ޑިފެންސް ސިސްޓަމްތައް ވެސް ހިމެނޭ ކަމަށެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް ވަނީ ޔުކްރޭނަށް ހަތިޔާރުގެ އިތުރު ޕެކޭޖްތަކެއް ފޮނުވަން ނިންމާފައެވެ. އިނގިރޭސިވިލާތް، ޕޮލެންޑް، ލެޓްވިއާ، ލިތުއޭނިއާ، ޑެންމާކް، ޗެކް ރިޕަބްލިކް، އެސްޓޯނިއާ، ނެދަލޭންޑްސް އަދި ސްލޮވާކިއާ ފަދަ ނުވަ ގައުމަކުން ވަނީ ޔުކްރޭނަށް އިތުރު ބަރު ހަތިޔާރުތައް  ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ބެން ވޮލެސް އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިދާޅުވީ މި އަހަރަކީ ރަޝިޔާ، ޔޫކްރެއިންއިން ބޭރުކޮށް ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ޔޫކްރެއިންގެ ސިޔާދަތު އަލުން އިއާދަކުރަން ވީ ވަގުތު ކަމަށެވެ. އެމެރިކާއިން ހަތިޔާރު ފޯރުކޮށްދޭނެކަން އިއުލާނުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.  އެމެރިކާއިން އިތުރު ޓޭންކުތަކެއް ފޯރުކޮށްދޭނެ ކަމަށް ޔޫކްރޭނުން ބޭނުންވެފައިތިއްބަސް ހަތިޔާރުގެ ލިސްޓުގައި ޓެންކުތަކެއް ނުހިމަނައެވެ. ނަމަވެސް އިތުރު 59 ބްރެޑްލީ އާމަޑް ވެހިކަލްތަކާއި 90 ސްޓްރައިކާ ޕާސަނަލް ކެރިއަރުންނާއި އެވެންޖާ އެއާ ޑިފެންސް ސިސްޓަމްތަކުގެ އިތުރުން އެހެނިހެން ބޮޑެތި އަދި ކުދި ހަތިޔާރުތައް އެމެރިކާއިން ޔޫކްރޭނަށް ދޭނެއެވެ. އެމެރިކާއިން މިހާރު ވަނީ ޔޫކްރެއިންއަށް 26.7 ބިލިއަން ޑޮލަރަށްވުރެ ގިނަ ސަލާމަތީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވައުދުވެފައެވެ. އެމެރިކާ ފަދަ މުހިންމު ބައިވެރިންގެ މައްޗަށް އެކުލެވޭ ޔޫކްރެއިން ޑިފެންސް ގްރޫޕްގެ ބައްދަލުވުމެއް އަންނަ ހުކުރު ދުވަހު ޖަރުމަނުގެ ރަމްސްޓެއިން އެއާ ބޭސްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު. އެ ބައްދަލުވުމުގެ މަގްސަދަަކީ އަސްކަރީ އިތުރު އެއްބާރުލުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ. ރައީސް ޒެލެންސްކީ ވިދާޅުވީ އެ ބައްދަލުވުމުގައި ހަތިޔާރު އެކްސްޕޯޓް ކުރުމާ ގުޅޭ ގޮތުން ހަރުދަނާ ނިންމުންތަކެއް ނިންމާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އޭގެ ތެރޭގައި އެމެރިކާގެ "ބާރުގަދަ އަސްކަރީ ސަޕޯޓް ޕެކޭޖެއް" ވެސް ހިމެނޭ ކަމަށެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ފޮނުވާނީ ކޮން ކަހަލަ ޓޭންކުތަކެއްތޯ އާއި އަދި ސަޕްލައިކުރާނީ ކޮންބައެއްތޯއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ