އެމެރިކާ ވަރަށް އަވަހަށް ބަނގުރޫޓުވާނެ ކަމަށް އިލޮން މަސްކް ބުނެފި

އެމެރިކާ ވަރަށް އަވަހަށް ބަނގުރޫޓުވާނެ ކަމަށް އިލޮން މަސްކް ބުނެފި
ލިޔުން:
ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯ އިލޮން މަސްކް އޯލް-އިން ޕޮޑްކާސްޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމެރިކާގެ ފެޑެރަލް ދަރަނި އަދާކުރުމުގެ ހަރަދު މިހާރު ޑިފެންސް ބަޖެޓަށް ވުރެ ބޮޑު ކަމަށާއި، ގައުމު ވަރަށް އަވަހަށް ބަނގުރޫޓުވާނެކަމަށް ކަމަށެވެ.
ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެމެރިކާގެ ދަރަނި 35 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާކަން ޖުލައި މަހުގެ ފަހުކޮޅު ވަނީ އިއުލާނުކޮށްފައެވެ.
މި ހަފުތާގެ ކުރީކޮޅު ޓެކް ބިލިއަނަރު އޭނާގެ އެކްސް ޕްލެޓްފޯމް ގައި ފިނޭންސް އަދި އިކޮނޮމިކްސް އަށް ހާއްސަކޮށްފައިވާ އެކައުންޓަކުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދަރަނީގެ އިންޓަރެސްޓްގެ ގޮތުގައި 1.2 ޓްރިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު އެމެރިކާ އިން ދައްކަން ޖެހޭނެ ކަމަށާއި އެއީ ސަރުކާރަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 25 ޕަސެންޓާ އެއްވަރުގެ އަދަދެއް ކަމަށެވެ.
އަދި އިތުރުވާ ކޮންމެ ޓްރިލިއަން ޑޮލަރަކީ "އަޅުގަނޑުމެންގެ ދަރިންނާއި ދައްތަމެން ކޮންމެވެސް ވަރަކަށް ދައްކަން ޖެހޭ ފައިސާ ކަމަށް ޓައިކޫން ވިދާޅުވި އެވެ.
މިދިޔަ ޖޫން މަހު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ވަނީ ރެކޯޑް އަދަދަކަށް 895 ބިލިއަން ޑޮލަރު ހަރަދުކުރުމުގެ ހުއްދަ ދޭ އަހަރީ ދިފާއީ ސިޔާސަތުގެ ބިލުގެ ފުރަތަމަ ވާޝަން ފާސްކޮށްފަ އެވެ.
މިމަހުގެ ކުރީކޮޅު މަސްކް ވަނީ ސަރުކާރުގެ ޚަރަދުތައް މިހާރު އޮތް ރޭޓުގެ ސަބަބުން އެމެރިކާ ބަނގުރޫޓުވަމުންދާ ކަމަށާއި، ސަރުކާރުން މާގިނައިން ޚަރަދުކުރުމުގެ ސަބަބުން އިންފްލޭޝަން އިތުރުވަމުންދާކަމުގެ އިންޒާރު ދެއްވާފައެވެ.
އޮގަސްޓް މަހު އެމެރިކާގެ ލޭބާ ޑިޕާޓްމަންޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އަހަރީ އިންފްލޭޝަން ވަނީ އޭގެ ކުރީ މަހު ތިން ޕަސެންޓަށް ވުރެ ދަށަށް ގޮސްފަ އެވެ. މުދަލާއި ހިދުމަތުގެ އަގުތައް 2.9 އިންސައްތަ އުފުލިފައިވާއިރު، ކާބޯތަކެއްޗާއި ހަކަތައިގެ ސިނާއަތްތައް ނުހިމެނޭ ކޯރ އިންފްލޭޝަން ވަނީ އޭގެ ކުރީ 12 މަސްދުވަހާ އަޅާބަލާއިރު 3.2 އިންސައްތަ އުފުލިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
