އެމެރިކާގެ ސްކޫލެއްގައި ބަޑި ޖަހާ ތިން ދަރިވަރަކު މަރާލައިފި

އެމެރިކާގެ ސްކޫލެއްގައި ބަޑި ޖަހާ ތިން ދަރިވަރަކު މަރާލައިފި
ލިޔުން:
އެމެރިކާގެ ޓެނެސީގެ ނެޝްވިލްގެ ކޮންްވެނަންޓް ސްކޫލަށް ބަޑިޖަހައި ހަ މީހަކު މަރާލައިފިއެވެ.
މަރުވި މީހުންގެ ތެރޭގައި ސްކޫލުގެ ތިން މުވައްޒަފުންނާއި ތިން ދަރިވަރުން ހިމެނެއެވެ.
ގާތްގަނޑަކަށް 200 އެއްހާ ދަރިވަރުން ކިޔަވަމުންދާ އެ ސްކޫލަށް ބަޑި ޖެހީ ކުރީގެ ދަރިވަރެކެވެ.
މި ހާދިސާގައި މަރުވި މުވައްޒަފުންނަކީ އުމުރުން 61 އަހަރުގެ ދެ މީހަކެއްގެ އިތުރުން 60 އަހަރުގެ މީހެކެވެ.
އޮފިޝަލުން ބުނީ ބަޑި ޖެހީ 28 އަހަރުގެ އޮޑްރީ ހޭލް ނަމަކަށް ކިޔާ މީހެއް ކަމަށެވެ. ތިން ވައްތަރެއްގެ ހަތިޔާރު އޭނާ ބޭނުންކުރި ކަމަށް ފުލުހުން ބުންޏެވެ. އޭނާ އެންމެ ފުރަތަމަ ބަޑި ޖަހަން ފެށީ ސްކޫލުގެ ކުޑަދޮރުތަކަށެވެ. ފުލުހުން ވަނީ ހަމަލާ ދިން މީހާ މަރާލާފައެވެ.
ހަމަލާދިން މީހާގެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ހަމަލާދޭނެ ގޮތް ރާވަފައިވާ ގޮތުގެ މެޕެއް ފުލުހުން ވަނީ އެ ގެއިން ހޯދާފައެވެ. އަދި ބައެއް ހަތިޔާރުތައްވެސް ފުލުހުން ވަނީ ފެނިފައެވެ.
ނަމަވެސް އޭނާ ހަމަލާގެ މޯޓިވް އަކީ ކޮބައިކަން އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ހަތިޔާރު ކޮންޓްރޯލް ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ކޮންގްރެސްއަށް ގޮވާލައްވާފައެވެ.
ބައިޑެން އޭނާ ވިދާޅުވީ އެކަންތައްތައް ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
"އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢުތައް ފުނޑުފުނޑުވަމުން މިދަނީ" އެމެރިކާގެ ރައީސް ވިދާޅުވިއެވެ.
ތަފާސް ހިސާބުތައް ބަލަހައްޓާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ގަން ވަޔަލެންސް އާކައިވް އިން ބުނި ގޮތުގައި މި ހާދިސާއަކީ 2023 ވަނަ އަހަރު އެމެރިކާގައި ހިނގި 129 ވަނަ މާރާމާރީ އެވެ.
އެޑިއުކޭޝަން ވީކްއިން އެއްކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް އެމެރިކާގެ ސްކޫލެއްގައި ހިނގި ބަޑީގެ ހަމަލާތަކުގައި 12 މީހަކު ވަނީ މަރުވެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
