އެމެރިކާގައި އާ ވައިރަހެއް ފެތުރޭތީ ލަންކާ އެލާޓަށް

އެމެރިކާގައި އާ ވައިރަހެއް ފެތުރޭތީ ލަންކާ އެލާޓަށް
ލިޔުން:
ދާދި ފަހުން އެމެރިކާގައި އެޗްއެމްޕީވީ ނަމަކަށް ކިޔާ ނޭވާލާ ނިޒާމުގެ ވައިރަހެއް ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން ސްރީލަންކާގެ ސިއްހީ އިދާރާތަކުން ހާލަތު ވަރަށް ގާތުން ބަލަމުން އަންނަކަން ހާމަކޮށްފިއެވެ.
ހެލްތް މިނިސްޓްރީގެ ޑރ. އަންވަރު ހަމްދާނީ ވިދާޅުވީ، ބޭރު ގައުމުތަކުގައި އާ ބައްޔެއް ފެތުރިއްޖެ ނަމަ އެއީ ސްރީލަންކާއަށް ނުރައްކަލެއް ކުރިމަތިވެދާނެ ބައްޔެއް ކަމުން އެ ކަމަށް މިނިސްޓްރީން އަބަދުވެސް ސަމާލުކަން ދޭ ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާގައި ފެތުރެމުންދާ ވައިރަސްއާ ގުޅޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ހެލްތު މިނިސްޓްރީގެ އެހެން އޮފިޝަލަކު ވަނީ އެމެރިކާ އިން ބޭރުގައި ނުރައްކާތެރި ހާލަތަކަށް ވައިރަސް ގޮސްފައި ނުވި ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ އެއްގޮތަށް ބޯޑަރުން ބޭރުގައި ބަލި ފެތުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަން ފާހަގަކުރައްވައި އާންމުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ހިއުމަން މެޓަނިއުމޯވައިރަސްގެ ނަމުން ނަން ދީފައިވާ އެޗްއެމްޕީވީ އަކީ ވައިރަލް އިންފެކްޝަނެކެވެ. އެއީ މައިގަނޑު ގޮތެއްގައި ނޭވާލާ ނިޒާމުގެ މަތީ ނިޒާމަށް އަސަރުކުރާ އިންފެކްޝަނެކެވެ. މިއީ 2001 ވަނަ އަހަރު އެންމެ ފުރަތަމަ ފެނުނު އަދި ނިއުމޯވިރިޑޭ އާއިލާއަށް ނިސްބަތްވާ ވައިރަހެއް ކަމަށާއި އޭގެ ތެރޭގައި އެންމެ މަޝްހޫރު ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) ވެސް ހިމެނެއެވެ.
ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި މާޗް މަހުގެ މެދުތެރޭގައި އެންމެ ޕީކްވި ދުވަސްވަރު، އެމެރިކާގައި ޓެސްޓު ކުރި ސާމްޕަލްތަކުގެ ތެރެއިން ގާތްގަނޑަކަށް 11 ޕަސެންޓް ސާމްޕަލް އެޗްއެމްޕީވީ އަށް ޕޮސިޓިވްވެފައިވާ އިރު، މިއީ ބަލިމަޑުކަމުގެ ކުރިން އެވްރެޖްކޮށް ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 36 ޕަސެންޓް އިތުރު އަދަދެކެވެ.
އެޗްއެމްޕީވީ ވައިރަހުގެ ސަބަބުން ފެންނަ އަލާމާތްތަކަކީ ހުން އައުމާއި ނޭފަތުން ފެން އައުން، ކަރުގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ.
އެޗްއެމްޕީވީއަށް ހާއްސަކޮށް ވެކްސިނެއް ނުވަތަ އެންޓިވައިރަލް ބޭހެއް މިވަގުތު ނެތުމުން އެމީހުންގެ އަލާމާތްތަކަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
