މާލެ: 31°C

އެމެރިކާއަށް ވަރުގަދަ ތޫފާނެއް: 26 މަރު

March 26, 2023
2 ފަހަރު ބަލާފައި
އެމެރިކާއަށް ވަރުގަދަ ތޫފާނެއް: 26 މަރު
އެމެރިކާއަށް ވަރުގަދަ ތޫފާނެއް: 26 މަރު
އެމެރިކާގެ ދެކުނުގެ ސްޓޭޓްތައް ކަމަށްވާ މިސިސިޕީ އާއި އަލަބާމާއަށް ބާރުގަދަ ތޫފާނެއް އަރައި، 26 މީހުން މަރުވެެއްޖެއެވެ. މިސިސިޕީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އަދިވެސް ދަނީ ކުރިއަށެވެ. މިސިސިޕީ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (މެމާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ސާޗް އެންޑް ރެސްކިއު ޓީމުތަކުން ކުރަމުން ދަނިކޮށް އެތައް ބަޔަކު ޒަހަމްވެފައި ތިއްބާ ވަނީ ފެނިފަ އެވެ. ހަތަރު މީހަކު ގެއްލިފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. ބްރޯޑްކާސްޓަރު އޭބީސީން ބުނި ގޮތުގައި ސްޓޭޓްގެ ވެރިރަށް ޖެކްސަންގެ އުތުރުން ގާތްގަނޑަކަށް 110 ކިލޯމީޓަރު (70 މޭލު) ދުރުގައި އޮންނަ ޝާކީ އާއި ހަމްފްރީސް ކައުންޓީތަކުގައި ސާޗް އެންޑް ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. "ހާލުގައި ޖެހިފައިވާ މީހުންނަށް މެޑިކަލް ސަޕޯޓް އެކްޓިވޭޓްކޮށް، އިތުރު އެމްބިއުލާންސްތަކާއި އެހެނިހެން އިމަޖެންސީ ވަސީލަތްތައް ގެނެސްފިން." ގަވަރުނަރު ޓޭޓް ރީވްސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު މޮނިޓާކޮށް ސަމާލުވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އިމަޖެންސީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންފައެވެ. ރައީސް ބައިޑަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިސިސިޕީގެ އެކި ކަންކޮޅުތަކުން ފެންނަ މަންޒަރަކީ ހިތާމަވެރި މަންޒަރުތަކެއް ކަމަށެވެ. "އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ކިތަންމެ ދުވަހެއް ވަންދެން ތިބެން ޖެހުނަސް އަޅުގަނޑުމެން ތިބޭނަން" ބައިޑަން ވިދާޅުވިއެވެ. ތޫފާންގެ އަސަރު މިސިސިޕީގެ ޖެކްސަންއާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ދުރުގައި އޮންނަ ރޯލިން ފޯކްއަށް ވެސް ވަނީ ކޮށްފައެވެ. ރޯލިން ފޯކްގެ މޭޔަރު އެލްޑްރިޖް ވޯކާ ސީއެންއެންއަށް ވިދާޅުވީ އޭނާގެ "ސިޓީ ގެއްލިއްޖެ" ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ