އެމެރިކާއާއި ގުޅިފައިވާގައުމުތަކުން ޔަމަނަށް ހަމަލާ ދިނީ، މަސްލަހަތައްޓަކާކަމަށް ބުނެފި

އެމެރިކާއާއި ގުޅިފައިވާގައުމުތަކުން ޔަމަނަށް ހަމަލާ ދިނީ، މަސްލަހަތައްޓަކާކަމަށް ބުނެފި
ލިޔުން:
އެމެރިކާ އާއި އިނގިރޭސިވިލާތުން ޔަމަންއާ ދެކޮޅަށް ހަަމަލާތަކެއް ދީފިއެެވެ.
އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ބަހްރައިން، ކެނެޑާ، ޑެންމާކް، ޖަރުމަން، ނެދަލަންޑްސް، ނިއުޒިލަންޑް އަދި ދެކުނު ކޮރެއާ ހިމެނިގެން ނެރުނު ބަޔާނެއްގައި ބުނިކަމަށް ބޭރުގެ ހަބަރުތަކުން ރިޕޯޓުކޮށްފައިވަނީ، ޔަމަނަށް ހަމަލާދިނީ އެ ގައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ހޫސީންނަށް ހަމަލާދިނުމަށް ކަމަށެވެ. އަދި އެއީ މަސްލަހަތަށްޓަކައި ދިން ހަމަލާއެއް ކަމަށްވެސް ބުންޏެވެ.
ޔަމަނުގެ ހޫސީން ދަނީ ރަތް ކަނޑުގައި ދަތުރުކުރަމުންދާ އެކި ގައުމުތަކުގެ އުޅަނދުތަކަށް ހަމަލާ ދެމުންނެވެ. ހޫސީންގެ ހަމަލާތައް ހުއްޓައި ނުލައިފިނަމަ އިތުރު ހަމަލާތަކަށް އިންތިޒާރު ކުރުމަށް ވެސް ބަޔާނުގައި އޮތީ ބުނެފަ އެވެ. ހޫސީން ރަތްކަނޑުގައި ހަމަލާދެނީ، އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.
ރަތް ކަނޑުން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ދަތިކޮށް ހަމަލާދީ ކަނޑުފޭރުމަކީ ދުނިޔޭގެ އިގުތިސާދަށް ވަރަށް ބޮޑު ނުރައްކަލެއް ކަަމަށްވެސް މި ގައުމުތަކުން ބުނެ އެވެ. ހޫސީންގެ އަމަލުތަކުގެ ސަބަބުން ގައުމުތައް ކާބޯތަކެއްޗަށް ޖެހިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
