މާލެ: 31°C

އަޅުގަނޑު ހައްޔަރުކުރަން އުޅެނީ ގާނޫނާ ހިލާފަށް: އިމްރާން ހާން

March 16, 2023
2 ފަހަރު ބަލާފައި
އަޅުގަނޑު ހައްޔަރުކުރަން އުޅެނީ ގާނޫނާ ހިލާފަށް: އިމްރާން ހާން
އަޅުގަނޑު ހައްޔަރުކުރަން އުޅެނީ ގާނޫނާ ހިލާފަށް: އިމްރާން ހާން
ފުލުހުން އޭނާ ހައްޔަރުކުރަން މަސައްކަތްކުރަނީ ގާނޫނާ ހިލާފަށް ކަމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ. "އެ އެންމެން ގާނޫނަށް ބޯލަނބަން ޖެހޭނެ" ބީބީސީއަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ. ކޯޓު އަމުރެއްގެ ދަށުން އިމްރާން ހާން ހައްޔަރުކުރަން ފުލުހުން އޭނާގެ ދިރިއުޅޭ ގެއަށް ފުލުހުން ވަންނަން މަސައްކަތްކުރުމުން ސަޕޯޓަރުން ވަނީ ހުރަސް އަޅާފައެވެ. އެތަނުގައި ތިބި ސަޕޯޓަރުން ގަޔަށް ފުލުސް އޮފިސަރުން ވަނީ ކަރުނަގޭސް ޖަހާފައެވެ. އިމްރާން ހާނަށް ތުހުމަތު ކުރެވެނީ ބޭރުގެ ގައުމުތަކުގެ ސަރުކާރުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ގަޑިތަކެއް ވިއްކަލީ މައްސަލައެވެ. އެ މައްސަލައަކީ ސިޔާސީ މަގްސަދެއްގައި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އިމްރާން ހާން ވިދާޅުވިއެވެ. އުމުރުން 70 އަހަރުގެ އިމްރާން ހާން ވިދާޅުވީ ހޮނިހިރު ދުވަހު ކޯޓަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ސޮއިކޮށް ލިޔުމަކުން ދެއްވަން ހުންނެވީ ތައްޔާރަށް ކަމަށެވެ. މީގެ ކުރިން ވެސް ކޯޓުގައި ހަނގުރާމަވެރިންގެ ދެ ހަމަލާއެއް ދީފައިވާތީ ސަލާމަތީ ކަންބޮޑުވުންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ހޮނިހިރު ދުވަހާ ހަމައަށް އޭނާ ޕްރޮޓެކްޓިވް ބެއިލް ނަގާފައިވާތީ އަންގާރަ ދުވަހު ފުލުހުން އޭނާ ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި މީގެ ކުރިން ކުރި މަސައްކަތް ނާކާމިޔާބުވުމުން ސަރުކާރުން މިހާރު އަޒުމް ކަނޑައަޅާފައިވަނީ އޭނާ ހައްޔަރުކުރަން ކަމަށް އިމްރާން ހާން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި އެ ޕާޓީން ބައިވެރިނުވެވޭ ގޮތަށް އޭނާ ހައްޔަރު ކުރަން ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމުގެ ތުހުމަތު ކުރެއްވިއެވެ "އެކަމަކު އަޅުގަނޑު ޖަލުގައި ހުރި ކަމުގައި ވިޔަސް އަދި ނުވިޔަސް އެބޭފުޅުންނަށް އަޅުގަނޑުގެ ޕާޓީގެ ކާމިޔާބީ ހުއްޓައެއް ނުލެވޭނެ،" އިމްރާން ހާން ވިދާޅުވިއެވެ. ސަރުކާރުގެ ވަޒީރު މަރިޔަމް އައުރަންގްޒޭބް ވިދާޅުވީ، އެފިޔަވަޅަކީ އިންތިހާބާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން އަމަލު ކުރަމުން ދަނީ  ކޮރަޕްޝަންގެ މައްސަލަތަކުގައި އޭނާ ހައްޔަރު ކުރުމަށް، ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެކަމަނާ ވިދާޅުވީ އިމްރާން ގެންދަވަނީ އޭނާގެ ޕާޓީގެ އެކްޓިވިސްޓުންނާއި އަންހެނުންނާއި ކުޑަކުދިން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރައްވައި ހައްޔަރުން ސަލަމާތްވެވަޑައިގެންވުމަށް ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރައްވަމުން ކަމަށެވެ. އިމްރާން ހާން ހައްޔަރު ކުރުމަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އޮޕަރޭޝަން ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ވަގުތުން ހުއްޓާލުމަށް ލާހޯރު ސިޓީގެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ