މާލެ: 31°C

އެއާރ ޔޫރަޕާގެ ފުލައިޓަކަށް ކުރިމަތިވި ޓަރބިއުލެންސް އެއްގައި 30 ފަސިންޖަރުންނަށް އަނިޔާވެ ކުއްލިހާލަތުގައި ބުރެޒިލަށް ޖައްސައިފި

July 2, 2024
2 ފަހަރު ބަލާފައި
އެއާރ ޔޫރަޕާގެ ފުލައިޓަކަށް ކުރިމަތިވި ޓަރބިއުލެންސް އެއްގައި 30 ފަސިންޖަރުންނަށް އަނިޔާވެ ކުއްލިހާލަތުގައި ބުރެޒިލަށް ޖައްސައިފި
އެއާރ ޔޫރަޕާގެ ފުލައިޓަކަށް ކުރިމަތިވި ޓަރބިއުލެންސް އެއްގައި 30 ފަސިންޖަރުންނަށް އަނިޔާވެ ކުއްލިހާލަތުގައި ބުރެޒިލަށް ޖައްސައިފި
ޖުލައި 1 ވަނަ ދުވަހު ސްޕެއިންގެ މެޑްރިޑުން އުރުގުއާއީއަށް ދަތުރުކުރަމުންދިޔަ އެއާރ ޔޫރަޕާގެ ފުލައިޓަށް ކުރިމަތިވި ޓަރބިއުލެންސް އެއްގައި 30 ފަސިންޖަރުންނަށް އަނިޔާވެ ކުއްލިހާލަތުގައި ބުރެޒިލަށް ޖައްސައިފިއެވެ. ސްޕައިންގެ އެއާލައިނެއްކަމަށްވާ އެއާރ ޔޫރަޕާގެ ބޮއިންގ 787-9 ޑްރީމް ލައިނާ މަރުކާގެ ފުލައިޓުގައި އެވަގުތު 339 ޕަސިންޖަރުން ދަތުރުކުރަމުންދިޔަކަމަށާއި ފުލައިޓަށް ކުރިމަތިވި ޓާބިއުލެންސްގައި އަނިޔާވި ޕަސިންޖަރުންގެ ތެރެއިން ބައެއް ޕަސިންޖަރުން ސީރިއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު ބޯޓުގެ އެތޭރޭގެ ބައިތަކަށް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ. އަދި އަނިޔާ ލިބުނު ފަރާތްކަށް ބްރެޒިލްގައި ފަރުވާދެމުންއަންނަކަމަށްވެސް އެއާލައިނުން ވަނީ ބުނެފައެވެ. މި ހާދިސާ ބޮއިން ޑްރީމްލައިނާ ގެ ބޯޓަކަށް މި ކުރިމަތިވީ ބޮއިންގްގެ 787 ޑްރީމްލައިނާ މަތިންދާބޯޓުގެ ބައިތައް ރައްކާތެރި ނޫން ގޮތަކަށް އުފައްދާފައިވާކަމަށް ތުހުމަތުކޮށް ވިސްލްބްލޯކުރާ ފަރާތްތަކުން މިދިޔަ ހަފުތާގައި ސުވާލު އުފައްދައި އެކަމުގެ ސަބަބުން ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދާނެކަމަށް ތުހުމަތުކޮށްފައިވަނިކޮށެވެ. އަދި މީގެ ކުރިން ބޮއިން އިންޖިނިއަރެއް ކަމަށްވާ ސޭމް ސަލޭހަޕޫރު ކިޔާ މީހަކުވަނީ ބޮއިންގ787 އާއި 777 މަރުކާގެ މަތިންދާ ބޯޓުތަކުގައި ވެސް ފަރަގުތަކެއް ހުރިކަން އޭނާ އަށް ފާހަގަކުރެވިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިއަހަރުގެ ތެރޭގައި ބޮއިންގ ފުލައިޓް ތަކަށް އާދަޔާޙިލާފަށް ޓާބިއުލެންސްތައް ކުރިމަތިވެ މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ