އަފްގާނިސްތާނުގެ އަންހެނުންނަށް އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންދަން ޔޫއެން އިން ގޮވާލައިފި

އަފްގާނިސްތާނުގެ އަންހެނުންނަށް އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންދަން ޔޫއެން އިން ގޮވާލައިފި
ލިޔުން:
އަފްގާނިސްތާނުގައި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އަނބުރާ ގެންދިއުމަށް ތާލިބާނުންނަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ.
ޔޫއޭއީ އާއި ޖަޕާނުން އެކުލަވާލި މި ގަރާރަކީ 92 ސްޓޭޓަކުން ކޯ ސްޕޮންސާކޮށްފައިވާ ގަރާރެކެވެ. އަދި އަންހެނުންނާއި އަންހެން ކުދިންނާ މެދު ތާލިބާނުން ގެންގުޅޭ ސިޔާސަތުތަކާއި އަމަލުތައް ބަދަލުކުރުމަށް އދ.ގެ ހުރިހާ މެމްބަރު ގައުމުތަކުން ވެސް އެ ގައުމުތަކުގެ ނުފޫޒު ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އދ.ގެ އޮފީސްތަކުގައި އަންހެނުން މަސައްކަތް ކުރުން މަނާކުރުމުން އެހީ ފޯރުކޮށްދިނުން "ޕެރަލައިޒްކޮށް" އދ އިން ގައުމު ދޫކޮށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން އަފްގާނިސްތާނުގައި އދ.ގެ ބައިވެރިވުން ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައެވެ. މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ގައުމުތަކުން އަންހެނުން އެކި އެކި ކަންކަމުން މަނާކުރަން ތާލިބާނުން ގެންގުޅޭ ސަބަބާ ދެކޮޅަށް އަޑު އުފުލާފައިވާއިރު، މިހާރު ސަލާމަތީ މަޖިލީހުން ވަނީ ތާލިބާނުންގެ އަމަލުތައް ކުށްވެރިކޮށްފައެވެ.
އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ ފްރީޒްކޮށްފައިވާ ހަތް ބިލިއަން ޑޮލަރުގެ އެސެޓްތައް އެމެރިކާއިން، އަނބުރާ ދިނުމަށް ވެސް ގަރާރުގައި ގޮވާލާފައިވާއިރު، އެ ގައުމުގެ އިގްތިސާދީ އަދި އިންސާނީ ހާލަތަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ މި ގަރާރާއެކު ބައިނަލްއަގްވާމީ ޕްރެޝަރުތަކާ އެކު އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަކީ ޔުނިވާސަލް އަދި ވަކިނުކުރެވޭނެ ހައްގުތަކެއްކަން ތާލިބާނަށް ސާފު މެސެޖެއް ދޭން ޖެހޭ ކަމަށެވެ.
އޭގެ ރައްދުގައި ތާލިބާނުން ބުނެފައިވަނީ އަފްގާނިސްތާނުގެ އަންހެނުން އދ.ގައި މަސައްކަތް ކުރުން މަނާކުރަން ނިންމި ނިންމުމަކީ "އެތެރޭގެ އިޖުތިމާއީ މައްސަލައެއް" ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
