އަފްގާނިސްތާނުގައި އަންހެން ދަރިވަރުންނަށް ޔުނިވާސިޓީގެ އިމްތިހާނުގައި ބައިވެރިނުވެވޭނެ

އަފްގާނިސްތާނުގައި އަންހެން ދަރިވަރުންނަށް ޔުނިވާސިޓީގެ އިމްތިހާނުގައި ބައިވެރިނުވެވޭނެ
ލިޔުން:
އަފްގާނިސްތާނުގެ އަމިއްލަ ޔުނިވާސިޓީތަކުގައި އެންޓްރެންސް އެކްޒާމްގައި އަންހެން ދަރިވަރުން ބައިވެރި ނުވެވޭނެ ކަމަށް އެގައުމުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
ކާބުލް ހިމެނޭހެން އުތުރުޕްރޮވިންސްގެ ޔުނިވާސިޓީތަކަށް އެޑްރެސްކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަން އެންގުމަށް ސިޓީއެއް ފޮނުވާފައެވެ. އިމްތިހާނު ބާއްވަން ހަމަޖެހިފައިވަނީ ފެބްރުއަރީ މަހު ފަހުކޮޅުއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހު ޔުނިވާސިޓީތަކަށް އަންގާފައި ވަނީ "ވަކި ގޮތެއް އަންގަންދެން" އަންހެން ދަރިވަރުންނަށް ފުރުސަތު ނުދިނުމަށެވެ. އޭގެ ދުވަސްތަކެއް ފަހުން ސަރުކާރުން ވަނީ އެންޖީއޯތަކުގައި އަންހެން މަސައްކަތްތެރިން މަސައްކަތް ކުރުން ހުއްޓުވައިފައެވެ. އަދި ގިނަ އަންހެން ކުދިންގެ ބައެއް ސްކޫލްތައް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ބަންދުކޮށްފައެވެ.
އަންހެނުންގެ މަސައްކަތާއި ތައުލީމަށް ހުރަސް އަޅަމުންދާ މައްސަލަ ބައިނަލްއަގުވާމީ ފެންވަރުގައި ދަނީ ކުށްވެރިކޮށްފައެވެ. ހުޅަނގުގެ ޑިޕްލޮމެޓުން ވަނީ ތާލިބާނުން އަންހެނުންނާ މެދު ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފައެވެ.
އިގްތިސާދީ ހީނަރުކަމެއްގެ ތެރޭގައި ގައުމު އޮތްއިރު، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭންކިން ދާއިރާއަށް އަސަރުކޮށް، ތަރައްގީއަށް ދޭ ފައިސާ ކަނޑާލުމުގެ ސަބަބުން އެހީދޭ އެޖެންސީތަކުން ވަނީ އެތައް މިލިއަން ބަޔަކަށް އަވަސް އެހީ ބޭނުންވާ ކަމުގެ އިންޒާރު ދީފައެވެ.
ނަމަވެސް ވޯލްޑް ބޭންކުގެ މި ހަފުތާގައި ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް އިސްކަންދޭ ކަމަށް ބުނާ ތާލިބާން ސަރުކާރުން މިދިޔަ އަހަރު އާމްދަނީ ހޯދުމުގެ ކަންކަން ހަރުދަނާކޮށް އެކްސްޕޯޓް އުފުލިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
