މާލެ: 31°C

އަފްގާނިސްތާނުގެ ބިއުޓީ ޕާލާތައް ބަންދުކުރަން އަންގައިފި

July 5, 2023
2 ފަހަރު ބަލާފައި
އަފްގާނިސްތާނުގެ ބިއުޓީ ޕާލާތައް ބަންދުކުރަން އަންގައިފި
އަފްގާނިސްތާނުގެ ބިއުޓީ ޕާލާތައް ބަންދުކުރަން އަންގައިފި
އަފްގާނިސްތާނުގެ ބިއުޓީ ސެލޫންތައް ބަންދުކުރަން، ވެރިކަންކުރާ ތާލިބާނުން އަންގައިފިއެވެ. މިއީ އަފްގާނިސްތާނުގެ އަންހެނުންނަށް އާންމު ތަންތަނަށް ވަނުން މަދުކުރުވަން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ. "އަންހެނުންނަށް ހާއްސަ ބިއުޓީ ޕާލާތައް ބަންދުކުރުމުގެ ސުންގަޑި އަކީ އެއް މަސް ދުވަސް،" މިނިސްޓްރީ ފޯ ދަ ޕްރިވެންޝަން އޮފް ވައިސް އެންޑް ޕްރޮޕަގޭޝަން އޮފް ވާޗުގެ ތަރުޖަމާނު މުހައްމަދު ސާދިކް އާކިފް އަންގާރަ ދުވަހު މިނިސްޓްރީގެ ނޯޓިހަށް އިޝާރާތް ކުރައްވައި ވިދާޅުވިއެވެ. 2021 ވަނަ އަހަރު ތާލިބާނުން އަލުން ވެރިކަން ހޯދުމާ އެކު، އެ ގައުމުގައި އަންހެނުންގެ ހައްގުތަކަށް ހުރި ދަތިތައް އިތުރުވަމުންދާކަމަށް ބުނެ އދ.ގެ އިތުރުން އެހެން ގައުމުތަކާއި އޮފިޝަލުން ދަނީ ފާޑުކިޔަމުންނެވެ. މިދިޔަ އަހަރު ކަމާބެހޭ ފަރާތްތަކުން ވަނީ ގިނަ އަންހެން ސެކަންޑަރީ ސްކޫލްތައް ބަންދުކޮށްފައެވެ. ޔުނިވާސިޓީތަކުަށް ދިޔުންވެސް އަންހެނުންނަށް މަނާކުރިއެވެ. ޖިމްތަކާއި ޕާކުތައް ފަދަ އާންމު ގިނަ ތަންތަން ވަނީ އަންހެނުންނަށް ބަންދުކޮށްފައެވެ. ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ހަމަލާއަށް ހަފުތާތަކެއް ފަހުން 2001 ވަނަ އަހަރުގެ ފަހުކޮޅު ތާލިބާނުން ވެރިކަމުން ދުރުކުރިތާ މަހެއްހާ ދުވަސް ފަހުން ކާބުލް އާއި އެހެން ސިޓީތަކުގައި ބިއުޓީ ސެލޫންތައް ހުޅުވިއެވެ. މީގެ ދެ އަހަރު ކުރިން ތާލިބާނުން އަލުން ވެރިކަމަށް އައުމަށްފަހު ވެސް ގިނަ ބިއުޓީ ސެލޫންތައް ހިންގަމުން ދިޔައީ ހިންގަމުންނެވެ. އަންހެނުންނަށް ވަޒީފާގެ ފުރުސަތުތަކާއި ކަސްޓަމަރުންނަށް ހިދުމަތްތައްވެސް ދިޔައީ ލިބެމުންނެވެ. މި ސެލޫންތަކަކީ އާންމުގޮތެއްގައި ހަމައެކަނި އަންހެނުންނަށް ހާއްސަ ސެލޫންތަކަކަށް ވާއިރު، އެ ސެލޫންތަކުގެ ބޭރު ނިވާކޮށްފައި ހުންނަނީ އެތެރޭގައި ތިބޭ ކަސްޓަމަރުން ނުފެންނާނެ ގޮތަށެވެ. އަންހެނުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދީ، އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް މި ސެލޫންތަކުން އެހީތެރިކަން ފޯރުކޮށްދިނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ