އަފްގާނިސްތާނުގައި އައިއެސްގެ 8 ހަނގުރާމަވެރިން މަރާލައިފި

އަފްގާނިސްތާނުގައި އައިއެސްގެ 8 ހަނގުރާމަވެރިން މަރާލައިފި
ލިޔުން:
އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ހަމަލާތަކާއި ގުޅިގެން ތާލިބާނުން ހިންގި ސިލްސިލާ އޮޕަރޭޝަންތަކެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އަށް ހަނގުރާމަވެރިން މަރާލައި އިތުރު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ތާލިބާން ސަރުކާރުގެ އިސް ތަރުޖަމާނަކު ވިދާޅުވެއްޖެއެވެ.
ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުރާސްފަތި ދުވަހު ވިދާޅުވީ އައިއެސްއާ ދެކޮޅަށް އެ އޮޕަރޭޝަން ހިންގީ ވެރިރަށް އަދި ހުޅަނގު ނިމްރޯޒް ޕްރޮވިންސަށް ދިން ހަމަލާތަކއި ގުޅިގެންކަމަށެވެ. އައިސްގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ކާބުލްގެ ލޯންގަން ހޮޓަލާއި ޕާކިސްތާނުގެ އެމްބަސީ އަދި އަސްކަރީ އެއާޕޯޓަކަށެވެ.
މުޖާހިދު ވިދާޅުވި ގޮތުގައި ވެރިރަށް ކާބުލްގައި ހިންގި އޮޕަރޭޝަނުގައި ބިދޭސީން ހިމެނޭ ގޮތުން އައިއެސްގެ އަށް ހަނގުރާމަވެރިން މަރާލައި ހަތް މީހަކު ހައްޔަރުކުރި އިރު ހުޅަނގު ނިމްރޯޒް ޕްރޮވިންސްގައި ހިންގި ވަކި އޮޕަރޭޝަނެއްގައި އައިއެސްގެ އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ތާލިބާނުންގެ ތަރުޖަމާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައްޔަރު ކުރެވެނު މީހުންގެ ތެރޭގައި ހޮޓަލަށް ދިން ހަމަލާގައި އެންމެ އިސް ދައުރެއް އަދާކުރި މީހުން ހިމެނޭ ކަމަށެވެ. އައިއެސްގެ އިތުރު ބަޔަކު އަފްގާނިސްތާނަށް އައުމަށް އެ މީހުން މަގު ފަހިކޮށްދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކާބުލްގެ އަސްކަރީ ވައިގެ ބަނދަރުގެ ޗެކްޕޮއިންޓެއް ކައިރީގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފިއެވެ. އެ ޖަމާއަތުން ބުނީ މި ހަމަލާ ދީފައިވަނީ ޑިސެމްބަރު މަހުގެ މެދުތެރޭގައި ލޯންގަން ހޮޓެލްގައި ހިނގި މާރާމާރީގައި ވެސް ބައިވެރިވި މީހަކު ކަމަށެވެ.
އައިއެސް އިން ވަނީ ހަމަލާދިން މީހާއަކީ އަބްދުލް ޖައްބާރު ކަމަށް ބުނެ ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައެވެ. އޭނާ ހޮޓަލަށް ދިން ހަމަލާއިން ސަލާމަތުން ދުރަށް ދިޔައީ ހަތިޔާރު ހުސްވުމުން ކަމަށް އެ ޖަމާއަތުން ބުންޏެވެ. އަދި އޭނާ ގޮއްވާލާފައިވަނީ ޗެކްޕޮއިންޓަށް އެއްވި ސިފައިންނަށް އަމާޒުކޮށް ކަމަށް ވެސް ބުނެފައިވެއެވެ.
މުޖާހިދު ވިދާޅުވީ ކާބުލްގެ ޝަހްދާއީ ސާލިހީން އަވަށުގައި ހުންނަ އައިއެސްގެ "ހައިޑްއައުޓް" ބަލައި ފާސްކުރުމުގެ ތެރޭގައި ތާލިބާނުންގެ ސަލާމަތީ ބާރުތަކުން ވަނީ ލުއި ހަތިޔާރާއި ހޭންޑް ގްރެނޭޑާއި މައިންތަކުގެ އިތުރުން އެހެނިގެން ހަތިޔާރުތައް އަތުލައިގެންފައި ކަމަށެވެ.
އައިއެސްގެ ސަރަހައްދީ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް އިން ހުރާސާން ޕްރޮވިންސް (އައިއެސްއައިއެސް-ކޭ) އަކީ ތާލިބާނުންގެ އެންމެ ބޮޑު ވާދަވެރިއެެވެ. 2021 ވަނަ އަހަރު ތާލިބާނުން އަފްގާނިސްތާނުގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން އައިއެސްގެ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ. އަމާޒުތަކުގެ ތެރޭގައި ތާލިބާނުންގެ ޕެޓްރޯލާއި އަފްގާނިސްތާނުގެ ޝިޔާ މުސްލިމުންގެ މީހުން ވެސް ހިމެނެއެވެ.
ތާލިބާނުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހު އެގައުމުގެ އެކި ކަންކޮޅުތައް ބާރުގެ ދަށަށް ގެންދިޔައީ 20 އަހަރުގެ ހަނގުރާމައަށް ފަހު އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފޭބުމުގެ އެންމެ ފަހު ހަފުތާގެ ތެރޭގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
