މާލެ: 31°C

އަފްގާނުގެ އަންހެނުންގެ ހައްގުތައް ހިމާޔަތްކުރާނެ ކަމަށް އދ. ސެކެރެޓަރީ ޖެނެރަލް ވައުދުވެއްޖެ

May 3, 2023
2 ފަހަރު ބަލާފައި
އަފްގާނުގެ އަންހެނުންގެ ހައްގުތައް ހިމާޔަތްކުރާނެ ކަމަށް އދ. ސެކެރެޓަރީ ޖެނެރަލް ވައުދުވެއްޖެ
އަފްގާނުގެ އަންހެނުންގެ ހައްގުތައް ހިމާޔަތްކުރާނެ ކަމަށް އދ. ސެކެރެޓަރީ ޖެނެރަލް ވައުދުވެއްޖެ
އަފްގާނިސްތާނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ހިމާޔަތް ކޮށްދެއްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވައުދުވެވަޑައިގެންފައެވެ. އެންޓޯނިއޯ އެހެން ވިދާޅުވީ އަފްގާނިސްތާނުގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ގަތަރުގެ ވެރިރަށް ދޯހާގައި ދެ ދުވަހުގެ މުއްދަތަކަށް ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި ބިނާކުރަނިވި ހިޔާލުތަކެއް ބަދަލުކުރެވިފައިވާ ކަމަށެވެ. ބައްދަލުވުމުގެ މަގްސަދަކީ އަފްގާނިސްތާނުގެ އެތައް މިލިއަން ރައްޔިތުންނެއް ހާލުގައި ޖެހި، އަންހެނުންނާއި އަންހެން ކުދިން ސްކޫލުތަކާއި ޔުނިވާސިޓީތަކަށް ދިޔުން މަނާކުރުމާއި ބައިނަލްއަގްވާމީ އެހީދޭ ޖަމްއިއްޔާތަކުން އެ ގައުމުގައި މަސައްކަތްކުރުން މަނާކުރުމާއެކު ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް އިޖާބަދިނުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި އެއް ސްޓްރެޓެޖީއެއް އެކުލަވާލުމެވެ. ބައްދަލުވުމުގައި ތާލިބާނުން ބައިވެރިއެއް ނުވެއެވެ. އަފްގާނިސްތާނަށް އދ.ގެ ހިއުމެނިޓޭރިއަން ރެސްޕޮންސް ޕްލޭންގައި 4.6 ބިލިއަން ޑޮލަރުގެ އެހީ ބޭނުންވެއެވެ. އެކަމަކު ޕްލޭނަށް ލިބިފައިވަނީ ބޭނުންވާ ފައިސާގެ 6.4 އިންސައްތައެވެ. އަންހެނުންނާއި އަންހެން ކުދިންނާ މެދު ތާލިބާނުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާއި މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވަމުންދާކަމަށް ވިދާޅުވެ އެންޓޯނިއޯ ވަނީ ތާލިބާނުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އަފްގާނިސްތާނުގެ ހަ މިލިއަން ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނަކީ ބަނޑުހައިހޫނުކަމުގެ ހާލަތުން ތަހައްމަލުކުރަން ޖެހޭ ބައެއް ކަމަށް ވިދާޅުވެފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ