އޭޑީއެޗްޑީ ހުންނަ ކުދިން ގެންގުޅޭ ބެލެނިވެރިންނާމެދު މުޖުތަމައުގެ ވިސްނުން ބަދަލުކުރާކަށް ނުވޭ ތަ؟

އޭޑީއެޗްޑީ ހުންނަ ކުދިން ގެންގުޅޭ ބެލެނިވެރިންނާމެދު މުޖުތަމައުގެ ވިސްނުން ބަދަލުކުރާކަށް ނުވޭ ތަ؟
ލިޔުން:
" ބަލާބަލަ ވަރަށް ބަސްނާހާ ކުއްޖެއް، އެއީ އެކުއްޖާ ގެންގުޅޭ ގޮތުން ހަމަ، އެންމެ ފަހަރަކު ވެސް މަޑަކުން ނުހުރޭ " " އާން އެއީ ހަމަ އެ ކުއްޖާ ގެންގުޅޭ ގޮތުން ، ދަރިން ބަލަން ނޭގުނަސް ހޯދަން ވާނެ " މިއީ އާންމު ގޮތެއްގައި އޭޑީއެޗްޑީ ނުވަތަ އެޓެންޝަން ޑެފިސިޓް ހައިޕަރެކްޓިވިޓީ ޑިސޯޑަރ ހުންނަ ކުދިންގެ ބެލެނިވެރިންނަށް އަމާޒު ކޮށް މީހުން ބުނާ ބަސްތަކެވެ.
އޭޑީއެޗްޑީ ނުވަތަ އެޓެންޝަން ޑެފިސިޓް ހައިޕަރެކްޓިވިޓީ ޑިސޯޑަރ އަކީ ސަމާލުކަން ދިނުމުގައި ދަތިތަކާއި، ހަރަކާތްތެރިކަން އިތުރުވެފައި ހުރުމުގެ ސަބަބުން ދިމާވާ ނަފްސާނީ ބައްޔެކެވެ. މި ބަލި ހުންނަ ކުދިންނަށް އެއްކަމެއްގައި ސަމާލުކަން ބެހެއްޓުމާއި، އިރުޝާދުތަކަށް ކިޔަމަންވުމާއި، ހިމޭންކަމާއެކު މަޑުމައިތިރިކަމުގައި ތިބުމަށް ވަރަށް ބޮޑަށް ދަތިވެއެވެ. މިފަދަ ކުދިން ބެލެހެއްޓުމަކީ ބެލެނިވެރިންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ގިނަ ފަހަރުވެގެންދެވެ.
އެންމެ ބޮޑު އެއް ދަތިކަމަކީ މުޖުތަމައުގެ ފަރާތުން ކުރިމަތިވާ ޖަޖްމަންޓެވެ. ގިނަ މީހުން ދެކޭގޮތުގައި އޭޑީއެޗްޑީ ހުންނަ ކުދިންނަކީ ހަމައެކަނި ނުކިޔަމަންތެރި، އަދަބު ނުބައި ކުދިންނެވެ. އެހެންނަމަވެސް، މިއީ ހަގީގަތާ ހިލާފު ވިސްނުމެކެވެ. އޭޑީއެޗްޑީ އަކީ ނަފްސާނީ ބައްޔެއް ކަމަށްވާއިރު، މިއީ ކުއްޖާގެ އަމިއްލަ އިހްތިޔާރުގައި ކުރާ ކަމެއް ނޫނެވެ. އަދި ހަމައެހެންމެ، މިއީ ބެލެނިވެރިންގެ ތަރުބިއްޔަތުގެ މައްސަލައެއްވެސް ނޫނެވެ.
ބެލެނިވެރިންނަށް ދިމާވާ އަނެއް ބޮޑު ގޮންޖެހުމަކީ އާންމު މީހުންގެ ފަރާތުން ލިބޭ ފާޑުކިޔުމާއި ނޭދެވޭ ހުކުމްތަކެވެ. ގިނަ ފަހަރަށް މީހުން ދެކޭގޮތުގައި އޭޑީއެޗްޑީ ހުންނަ ކުދިންގެ ވާހަކަދެއްކުމާއި އަމަލުތައް ހުންނަ ގޮތަކީ ބެލެނިވެރިންގެ ކުށެކެވެ. އެހެންނަމަވެސް، މިއީ އެއްގޮތަކަށްވެސް ބެލެނިވެރިންގެ ކުށެއް ނޫނެވެ. އެ ބެލެނިވެރިން އުފުލަމުން އެ ދަނީ ކިހާ ބޮޑު ތަކުލީފެއްކަން އިހުސާސް ކުރެވޭނީ އެކަން ތަހައްމަލު ކުރަމުންދާ ބެލެނިވެރިއަކަށެވެ. އެ ފަދަ ބެލެނިވެރިން ކުއްޖާ ބެލެހެއްޓުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެމީހުންނަށް ބޭނުންވަނީ އެހީތެރިކަމާއި އެއްބާރުލުމެވެ.
އަޅުގަނޑުމެން އެންމެންގެ ޒިންމާއަކީ އޭޑީއެޗްޑީ ހުންނަ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާ މެދު ހަރުކަށި ހުކުމްތައް ނުކުރުމެވެ. އޭގެ ބަދަލުގައި، އަޅުގަނޑުމެން ދޭންވީ އެހީތެރިކަމާއި އެއްބާރުލުމެވެ. މުޖުތަމައުގެ ގޮތުގައި އަޅުގަނޑުމެން އެންމެން އެއްބައިވެ، އެއްބާރުލުން ދީގެން މެނުވީ މިފަދަ ކުދިންނަށް އެހީތެރިވެ ނުދެވޭނެއެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް މި ކަމުގައި ޒިންމާ ނަގައި، އެހީތެރިވެދޭން މަސައްކަތް ކުރަންވާނެއެނެއެވެ.
އެހެން ކަމުން އޭޑީއެޗްޑީ ހުންނަ ކުދިންގެ ބެލެނިވެރިންނަށް ދިމާވާ ދަތިތަކަކީ ވަރަށް ބޮޑެތި ގޮންޖެހުން ތަކެވެ. އެހެންނަމަވެސް، މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން މެނުވީ މި ދަތިތަކުން އަރައި ގަތުމަކީ އުނދަގޫކަމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
