އެކްޓިވިސްޓުންނަށް އެންމެ ނުރައްކާތެރި ގައުމަކީ ބްރެޒިލް

އެކްޓިވިސްޓުންނަށް އެންމެ ނުރައްކާތެރި ގައުމަކީ ބްރެޒިލް
ލިޔުން:
އެކްޓިވިސްޓުންނަށް އެންމެ ނުރައްކާތެރި ގައުމުތަކަކީ ބްރެޒިލް، އިންޑިއާ، ކެމްބޯޑިއާ އަދި ފިލިޕީންސް ކަމަށް އިނގިރޭސިވިލާތުގެ ބިޒްނަސް އެންޑް ހިއުމަން ރައިޓްސް ރިސޯސް ސެންޓަރުގެ ރިޕޯޓެއްގައި ބުނެފިއެެވެ.
އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ބްރެޒިލްގައި، އެކްޓިވިސްޓުންނަށް އަމާޒުކޮށް ރެކޯޑް 63 ހަމަލާއާއް ދީފައިވެއެވެ. އިންޑިއާގައި އެކްޓިވިސްޓުންނަށް އަމާޒުކޮށް 54 ހަމަލާ އަދި މެކްސިކޯގައި އެކްޓިވިސްޓުންނަށް އަމާޒުކޮށް 44 ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެގޮތުން ކެމްބޯޑިއާ ގައި އެކްޓިވިސްޓުންނަށް 40 ހަމަލާއެއް ދީފައިވާއިރު، ފިލިޕީންސް ގައި 32 ހަމަލާ އަދި ހޮންޑިއުރަސް ގައި 31 ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އެ ލިސްޓުގައި ދެން ހިމެނެނީ ބެލަރޫސް، ޕެރޫ، ކޮލަމްބިއާ އަދި ޔުގެންޑާއެވެ.
ބިޒްނަސް އެންޑް ހިއުމަން ރައިޓްސް ރިސޯސް ސެންޓަރުން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކްޓިވިސްޓުންނަށް ދިން 550 އަށް ވުރެ ގިނަ ހަމަލާތަކުގެ ތެރެއިން 75 އިންސައްތަ ހަމަލާއަކީ ބިމާއި މޫސުމާއި ތިމާވެށީގެ ހައްގުތައް ހިމާޔަތްކުރާ އެކްޓިވިސްޓުންނާ ދިން ހަމަލާތަކެއް ކަމަށެވެ.
ރިޕޯޓެއްގައި ވާގޮތުން ހަމާލަތުގެ 43 އިންސައްތައަކީ ލޭބާ އެކްޓިވިސްޓުންނަށް އަމާޒުކޮށް ދިން ހަމަލާތަކެވެ. މިފަދަ ހަމަލާތަކާ އެންމެ ގިނަ އިން ދީފައިވަނީ އިންޑިއާގައެވެ. އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގައި ޖޭއެސްޑަބްލިއު ކުންފުނިން ސްޓީލް ޕްލާންޓެއް ނިންމާފައިވާތީ އެކްޓިވިސްޓުން ދަނީ އެކަމާ ދެކޮޅު ހަދަމުން ނެވެ.
އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި ފެއިލްވަމުންދާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
