މާލެ: 31°C

އާންމު ތަނެއްގައި ބުރުގާ ނެގި އީރާނުގެ ދެ ބަތަލާއިންނަށް ދައުވާކޮށްފި

April 27, 2023
2 ފަހަރު ބަލާފައި
އާންމު ތަނެއްގައި ބުރުގާ ނެގި އީރާނުގެ ދެ ބަތަލާއިންނަށް ދައުވާކޮށްފި
އާންމު ތަނެއްގައި ބުރުގާ ނެގި އީރާނުގެ ދެ ބަތަލާއިންނަށް ދައުވާކޮށްފި
އާންމު ތަނެއްގައި ބުރުގާނަގައިގެން އުޅުނު ކަމުގެ ދައުވާ، އީރާނުގެ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ކަޓަޔޫން ރިޔާހީ އާއި ޕަންޓެއާ ބަހްރާމްގެ މައްޗަށް އުފުލައިފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ބަތަލާއިންގެ މައްޗަށް ތުހުމަތު ކުރަނީ އާންމު ތަންތަނުގައި ބުރުގާ ނަގައި، ފޮޓޯތަކެއް ޝޯޝަލް މީޑިއާ ގައި އާއްމު ކުރުމުގެ ތުހުމަތެވެ. ދައުވާ ސާބިތުވެއްޖެނަމަ އެ ދެ ބަތަލާއިންނަށް ޖޫރިމަނާ ނުވަތަ ޖަލު އަދަބު ލިބިދާނެއެވެ. ރިޔާހީ ވަނީ، މީގެ ކުރިންވެސް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ގައުމީ ސަލާމަތާ ދެކޮޅަށް އެއްބާރުލުންދީ ސަރުކާރާ ދެކޮޅަށް ޕްރޮޕެގެންޑާ ފެތުރުމުގެ ތުހުމަތުގައެވެ. އީރާނު އަންހެނުން ބުރުގާ އަޅަން ދެކޮޅު ހަދަން ފެށީ "ހިޖާބު" ގާނޫނުތަކާއި ހިލާފުވެގެން ކަމަށް ބުނެ ހައްޔަރު ކުރި އުމުރުން 22 އަހަރުގެ މަހްސާ އަމީނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމުންނެވެ. އެ ގާނޫނޫ ފާސްކުރީ 1979 ވަނަ އަހަރު އީރާނުގައި ހިނގި އިސްލާމީ އިންގިލާބަށް ފަހު މާގިނަ ދުވަހެއް ނުވަނީހެވެ. މަހްސާ އަމީނީގެ މަރާއެކު އީރާނު ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިޔައެވެ. އަދި ބުރުގާ ނާޅާން ދެކޮޅު ހެދުން ގިނަވާން ފެށިއެވެ. ޖެނުއަރީ މަހު އައްޔަން ކުރެއްވި ޕޮލިސް ޗީފް އަހުމަދު ރޭޒާ ރަދާން ވަނީ ހިޖާބުގެ ގަވާއިދާ ހިލާފުވާ މީހުންގެ މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ