އާބާދީގެ 80 އިންސައްތަ މީހުންނަށް ކޮވިޑް ޖެހިއްޖެ: ޗައިނާ

އާބާދީގެ 80 އިންސައްތަ މީހުންނަށް ކޮވިޑް ޖެހިއްޖެ: ޗައިނާ
ލިޔުން:
ޗައިނާގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެ ގައުމު ސަރުކާރުގެ ސައިންސްވެރިއަކު ވިދާޅުވެއްޖެއެވެ.
ޗައިނާ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޗީފް އެޕިޑެމިއޮލޮޖިސްޓް ވޫ ޒުންޔޫ ވެއިބޯ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވިދާޅުވެފައިވަނީ، އާ އަހަރުގެ ޗުއްޓީ މޫސުމުގައި، ގިނަ ބަޔަކު އެއްވެ އުޅުމުގެ ސަބަބުން ބަލިމަޑުކަން އިތުރަށް ފެތުރިދާނެ ކަމަށެވެ. ބައެއް ސަރަހައްދުތަކުގައި ބަލި ފެތުރޭ މިންވަރު އިހުނަށްވުރެެވެސް އިތުރުވުން އެކަށީގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ކައިރި މުސްތަގުބަލެއްގައި ޗައިނާއަށް ދެވަނަ ފަހަރަށް ކޮވިޑުގެ ރާޅެއް އައުމުގެ ފުރުސަތު ކުޑަކަމަށް ވޫ ވިދާޅުވިއެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޗައިނާގައި އެޅި ހަރުކަށި ފިޔަވަޅުތައް ވަނީ މިދިޔަ އަހަރު ފަހުކޮޅު އުވާލާފައެވެ. އަދި ގައުމުގެ ބޯޑަރުތައްވެސް ވަނީ ހުޅުވާލާފައެވެ. ލުއިދިނުމާ އެކު ޗައިނާގެ އެކި ކަންކޮޅުތަކުގައި ޗުއްޓީ ހޭދަކުރުމަށް އެތައް މިލިއަން ރައްޔިތުން ދަނީ ދަތުރުކުރަމުންނެވެ. އެ ގައުމުގެ ރަށްފުށުގެ ސަރަހައްދުތަކުގައި ކޮވިޑް ފެތުރިދާނެ ކަމުގެ ބިރު މިހާރު އެބައޮތެވެ.
ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ގާތްގަނޑަކަށް ކޮވިޑް ޖެހިގެން 60،000 މަރުވެފައިވާ ކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ނަމަވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސަރުކާރުން ދީފައިވާ އަދަދުތަކުގެ ތެރޭގައި ގޭގައި މަރުވާ ގިނަ ބަޔަކު ނުހިމެނޭ ކަމަށެވެ. އެހެންވެ ޗައިނާއިން ހާމަކުރާ އަދަދުތަކާއި މެދު ޑަބްލިއުއެޗްއޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
