90 އަހަރުގެ ތެރޭގައި ފުލުހުންނަށް ލިބުނު ކުރިއެރުންތައް!

90 އަހަރުގެ ތެރޭގައި ފުލުހުންނަށް ލިބުނު ކުރިއެރުންތައް!
ލިޔުން:
ދިވެހި ފުލުހުންނަށް 90 އަހަރުތެރޭ ޓެކްނޮލޮޖީގެ ގޮތުން ލިބުނު ކުރިއެރުންތައް ވަރަށް ގިނަ އެވެ. ފުލުހުންގެ ހިދުމަަތަށް 90 އަހަރު ފުރުމާ ދިމާކޮށް ފުލުހުންގެ ވެބްސައިޓްގައި ޖެހި ލިއުމެއްގައި އެ ގިނަ ކުރިއެރުންތަކުގެ ތަފްސީލުތައް ހިމަނާފައި އެބަ ހުއްޓެވެ.
ސީ.ސީ.ޓީ.ވީ ކެމެރާތައް ހަރުކުރުމާއި ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށް މުޖުތަމައުގައި ހިނގާ ހަރަކާތްތައް މިހާރު ފަސޭހައިން ދެނެގަނެވޭ ކަމީ ފުލުހުންގެ ލިއުމުގައި ބުނި ގޮތުގައި އެފަދަ އެއް ކުރިއެރުމެވެ. އެ އެޕްލިކޭޝަން ސޮފްޓްވެއަރތަކުގެ ސަބަބުން މިއަދު ދިވެހި ފުލުހުންގެ ހިދުމަތް ޒަމާނާ އެއްގޮތަށް ތަރައްގީކުރެވި، ހިދުމަތް ފޯރުކޮށްދިނުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް އެ ލިއުމުގައި ބުންޏެވެ.
ފުލުހުންގެ ލިއުމުގައިވާ ގޮތުން، މައުލޫމާތު ރައްކާކޮށް ބަލަަހައްޓަން މިހާރު ގެންގުޅޭ ސޮފްޓްވެއާ ތަކަކީ ވެސް ލިބުނު ބޮޑު ކުރި އެރުމެކެވެ. އެ ސޮފްޓްވެއާރގެ ސަބަބުން ޕޮލިސް ސްޓޭޝަންތަކަށް އެކިއެކި ކަންކަމުގައި އަންނަ މީހުންނާއި، އެ މީހުންނަށް ޚިދުމަތްދިިނުމަށް ނެގި ވަގުތާއި، މައްސަލައެއް ހުށަހެޅުނު ހިސާބުން ފެށިގެން އެ މައްސަލައިގައި މީހަކު ހައްޔަރުކުރުމާއި، ތަހުގީގުކުރުމާއި، މައްސަލަ ޕްރޮސިކިއުޓަރަ ޖެނެރަލް އޮފީހަށް ފޮނުވައި އަދި ކޯޓުންކުރާ ހުުކުމާ ހަމައަށް ހިނގާ ހުރިހާ ކަމެއްގެ މައުލޫމާތު މި ސޮފްޓްވެއަރއިން ދެނެގަނެވޭ ކަމަށް ވެސް އެ ލިއުމުގައި ބުންޏެވެ.
ސްމާޓް ފޯނުތަކަށް ހާއްސަކޮށްގެންވެސް އުފައްދާފައިވާ ސޮފްޓްވެއާ އަކީ ވެސް ފުލުހުންނަށް މިހާރު ލިބިފައި އޮތް ބޮޑު ކުރިއެރުމެކެވެ.، ފުލުހުންގެ ލިއުމުގައިވާ ގޮތުން ފުލުހުންގެ އިދާރީ ކަންކަމުގައި ފުލުހުންގެ އިންޓްރާނެޓް މެދުވެރިކޮށް ކުރާ ރިކުއެސްޓުތަކަށް އެ މުވައްޒަފެއްގެ ފޯނަށް 119 މެދުވެރިކޮށް މެސެޖު ލިބޭނެ އެވެ.
މި އަހަރުގެ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ބޮޑީ ވޯން ކެމެރާ ވަނީ ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ. އެ ކެމެރާގެ މަގުސަދަކީ ކެމެރާ ބޭނުންކުރުމުގެ ތެރެއިން ފުލުހުންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ހެކި އަދި ގަރީނާ ލިބުން އިތުރުވާނެ އިންތިޒާމުތައް ހަމަޖެއްސުމެވެ. މިއީ ވެސް ފަހަކަށް އައިސް ފުލުހުންނަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ފުލުހުންގެ ލިއުމުގައިވާ ގޮތުން 1981 ވަނަ އަހަރު ފޮރެންސިކް ސައިންސް ދިވެހި ފުލުހުންގެ ތަހުގީގުގައި ބޭނުންކުރަން ފެށިގެން އައި ދުވަސްވަރު މަސްތުވާތަކެތި ހުރިކަން ބެލުމަށް، ޔޫރިން ޓެސްޓްކުރުމަށް ބޭނުންކުރަނީ ދެ ޓެސްޓްޓިއުބު ލެއްވޭ "ފޮޓޯ މީޓަރ" ނަމަކަށްކިޔާ މެޝިނެކެވެ. އަދި ފިންގަ ޕްރިންޓްވެސް ދެނެގަންނަނީ މެނުއަލްކޮށް ބޮޑުވާ ބިއްލޫރި ބޭނުންކޮށްގެންނެވެ. ފުލުހުން ބުނީ ރާއްޖޭގެ ރަށެއްގައި ފިންގަރޕްރިންޓް ބޭނުންކޮށްގެން އެންމެ ފުރަތަމަ ވައްކަމުގެ މައްސަލައެއް ހައްލުކުރެވިފައިވަނީ 1991 ވަނަ އަހަރު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއި ގުޅިގެން ފޮރެންސިކް މަސައްކަތްތަކަށް ހާއްސަ ލެބޯޓްރީތައް ފުލުހުންގެ ތެރޭގައި ގާއިމުކޮށްފައިވާ ކަމަށާއި އެ ލެބޯޓްރީ ތެރޭގައި ޑިޖިޓަލް އެވިޑެންސް ލެބޯޓްރީއަކާއި، ޑީއެންއޭ ލެބޯޓްރީއަކާއި، ޑްރަގު އެންޑް ކެމިކަލް ލެބޯޓްރީއަކާއި، ފިންގަރ ޕްރިންޓް ލެބޯޓްރީއަކާއި އަދި ފިޒިކަލް އެވިޑެންސް ލެބޯޓްރީއެއް ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
