މާލެ: 31°C

7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކަށްފަހު ރަޝިއާގެ އަލިފާން ފަރުބަދައެއް ގޮވައިފި

August 18, 2024
2 ފަހަރު ބަލާފައި
7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކަށްފަހު ރަޝިއާގެ އަލިފާން ފަރުބަދައެއް ގޮވައިފި
7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކަށްފަހު ރަޝިއާގެ އަލިފާން ފަރުބަދައެއް ގޮވައިފި
7.0 މެގްނިޓިއުޑްގެ ބިންހެލުމަކަށް ފަހު ރަޝިއާގައި އަލިފާން ފަރުބަދައެއް ގޮވައިފިއެވެ. މިއަދު ހެނދުނު ރަޝިއާ އަށް އައި 7.0 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމަކާއެކު ޝިވެލޫޗް އަލިފާން ފަރުބަދަ ގޮވައި އެފަރުބަދައިން ނިކުތް އަލިފާނާއި އަޅިތައް 5 މޭލު މައްޗަށް ބުރައިގެން ގޮސްފައިވާކަމަށް ރަޝިއާގެ ނޫސްތަކުން ބުނެފިއެވެ. ޝިވެލޫޗް އަލިފާން ފަރުބަދަ އަކީ ރަޝިއާގެ އިރުމަތީ އައްސޭރިފަށުގެ ކަމްޗަޓްކާގައި އޮންނަ ގާތްގަނޑަކަށް 181،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙއްދެކެވެ. ބިންހެލުމާއެކު ގޮވި ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސް ފަރުބަދަ ހުންނަނީ އެސަރަޙއްދާއި ގާތްގަނޑަކަށް 280 މޭލު ދުރުގައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި ބިންހެލުން އައީ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީއާ ގާތްގަނޑަކަށް 55 މޭލު ދުރުން ބިމުގެ 30 މޭލު އަޑއަށެވެ. މި ބިންހެލުމުގެ ސަބަބުން މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އިމާރާތްތަކަށް ލިބިފައިހުރެދާނެ ގެއްލުންތައް މިހާރު ބަލަމުން އަންނަ ކަމަށް ރަޝިޔާގެ އެމަރޖެންސީ މިލިޓަރީ ޓާސްފޯސްއިންވަނީ ބުނެފައެވެ. އެމެރިކާގެ ސުނާމީ އިންޒާރުދޭ ނިޒާމުން އިންޒާރު ދީފައި ވަނީ މި ބިންހެލުމުގެ ސަބަބުން ނުރައްކާތެރި ސުނާމީ ރާޅުތައް 300 ކިލޯމީޓަރ ގެ ސަޜަހައްދަކަށް ކޮށްފާނެކަމުގެ އިންޒާރު ދީފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ