ހަ އަހަރުގެ ކުއްޖަކު ޓީޗަރެއްގެ ގަޔަށް ބަޑިޖަހައިިފި

ހަ އަހަރުގެ ކުއްޖަކު ޓީޗަރެއްގެ ގަޔަށް ބަޑިޖަހައިިފި
ލިޔުން:
އެމެރިކާގެ ވާޖީނިއާ ސިޓީގެ ސްކޫލެއްގެ ތެރޭގައި އުމުުރުން ހަ އަހަރުގެ ކުއްޖަކު އޭނާގެ ޓީޗަރުގެ ގަޔަށް ބަޑިޖަހައިފިއެވެ.
ހުކުރު ދުވަހު ރިޗްނެކް އެލިމެންޓަރީ ސްކޫލެއްގައި ހިންގި މާރާމާރީގައި އެއްވެސް ދަރިވަރަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އުމުރުން 30 އަހަރުގެ އެ ޓީޗަރަށް ވަނީ ފުރާނައަށް ނުރައްކާވާ ވަރުގެ ޒަހަމްތަކެއް ލިބިފައެވެ.
ނިއުޕޯޓް ނިއުސްގެ ޕޮލިސް ޗީފް ސްޓީވް ޑްރޫ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ޓީޗަރުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ އެ ކުއްޖާގެ އަތުގައި ކްލާސްރޫމުގައި ހޭންޑްގަން އެއް އޮތް ކަމަށެވެ. އަދި މިހާރު އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ބަޑިޖަހާފައިވަނީ އެކްސިޑެންޓަކުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންވެސްޓިގޭޓަރުން ދަނީ އެ ކުއްޖާ ފިސްތޯލު ހޯދި ގޮތެއް ބެލުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކުއްޖާގެ މައިންބަފައިންނާ ކަމާބެހޭ ފަރާތްތަކަށް އެ ހާދިސާއާ ގުޅިގެން ސުވާލުކޮށްފައިވޭތޯ ކުރި ސުވާލުތަކަށް ފުލުހުންގެ ވެރިޔާ ވަކި ޖަވާބެއް ނުދެއްވައެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"ކޮމަންވެލްތުގެ އެޓާނީ [ލޯކަލް ޕްރޮސެކިއުޓާ] އާއި އެހެން ބައެއް ފަރާތްތަކާ ގުޅައިގެން މި ކުއްޖާއަށް އެންމެ ފުރިހަމަ އަށް ހިދުމަތް ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދެމުން މިދަނީ،" ޑްރޫ ވިދާޅުވިއެވެ.
މާރާމާރީއާއި ސްކޫލް ތެރޭގައި ހިނގި ކަންކަމުގެ އިތުރު ތަފްސީލެއް ފުލުހުންގެ ވެރިޔާ ނުދެއްވައެވެ.
ނިއުޕޯޓް ނިއުސް އަކީ ދެކުނުއިރުމަތީ ވާޖީނިއާގެ ގާތްގަނޑަކަށް 185،000 މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ. ވާޖީނިއާ ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަންގެ ވެބްސައިޓްގައިވާ ގޮތުން ރިޗްނެކްގައި ކިންޑަގާޓަންގައި ގްރޭޑް ފަހެއްގައި ކިޔަވަމުންދާ ގާތްގަނޑަކަށް 550 ދަރިވަރުން އެބަތިއްބެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
