މާލެ: 31°C

500 މީހުން ގޮވައިގެން ދަތުރުކުރި ބޯޓެއް މެޑިޓަރޭނިއަން ކަނޑަށް ގެއްލިއްޖެ

May 27, 2023
2 ފަހަރު ބަލާފައި
500 މީހުން ގޮވައިގެން ދަތުރުކުރި ބޯޓެއް މެޑިޓަރޭނިއަން ކަނޑަށް ގެއްލިއްޖެ
500 މީހުން ގޮވައިގެން ދަތުރުކުރި ބޯޓެއް މެޑިޓަރޭނިއަން ކަނޑަށް ގެއްލިއްޖެ
500 މީހުން ގޮވައިގެން ދަތުރުކުރި ބޯޓެއް މެޑިޓަރޭނިއަން ކަނޑަށް ގެއްލިއްޖެއެވެ. ގެއްލުނު ބޯޓުގައި މާބަނޑު އަންހެނުންނާއި އަލަށް އުފަންވި ކުދިން ވެސް ހިމެނެއެވެ. ރެފިއުޖީ އުޅަނދުފަހަރުން ކުރާ ޑިސްޓްރެސް ކޯލްތަކަށް އިޖާބަދޭ ޖަމިއްޔާއެއް ކަމަށްވާ އެލާމް ފޯނުން ހުކުރު ދުވަހު ބުނީ ބުދަ ދުވަހުގެ ހެނދުނު ބޯޓާ ގުޅުން ކެނޑިފައިވާ ކަމަށެވެ. ލީބިޔާގެ ބަނދަރު ބެންގާޒީގެ އުތުރުން ގާތްގަނޑަކަށް 320 ކިލޯމީޓަރު (200 މޭލު) ދުރުގައި އޮންނަ ސަރަހައްދުގައި އެ ބޯޓު އޮޔާ ދިޔަ ކަމަށްވެއެވެ. އަދި މޯލްޓާ އާއި އިޓަލީގެ ދެކުނުގެ ރަށެއް ކަމަށްވާ ސިސިލީއާ 400 ކިލޯމީޓަރު (250 މޭލު) ދުރުގައި ވެސް ބޯޓު އޮތް ކަމަށް އެލާމް ފޯނުނުް ބުންޏެވެ. އިޓަލީގެ އެންޖީއޯ އިމަޖެންސީއިން ބުނީ ގެއްލުނު ބޯޓު ހޯދުމުގެ މަސައްކަތް އެ ކުންފުނީގެ ލައިފް ސަޕޯޓް އުޅަނދާއި އޯޝަން ވައިކިން ނަމަކަށް ކިޔާ ޗެރިޓީ އުޅަނދަކުން 24 ގަޑިއިރު ކުރި ނަމަވެސް އެ ބޯޓުގެ ގެއްލުނު ތަނެއް ނުވަތަ  އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ. އިމަޖެންސީގެ ތަރުޖަމާނު ވިދާޅުވީ ބޯޓު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ބޯޓުގައި ތިބި މީހުން އެހެން އުޅަނދަކުން ސަލާމަތްކޮށްފައިވުން ނުވަތަ އިންޖީނު މަރާމާތުކޮށް ސިސިލީއާ ދިމާލަށް ދަތުރު ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތް ކަމަށް އެ މީހުން ފާހަގަކުރިއެވެ. މިދިޔަ ބުރާސްފަތި ދުވަހު އިޓަލީގެ ކޯސްޓްގާޑުން ވަނީ  ދެ ރެސްކިއު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ބުނެފައެވެ. އެ އޮޕަރޭޝަންތަކުގައި 423 މީހުންނާއި 671 މީހުން ވަނީ ސަލާމަތްކޮށްފައެވެ. އެލާމް ފޯނުން ބުނީ އިޓަލީގެ ކޯސްޓުގާޑުން ސަލާމަތްކުރި މީހުންނަކީ ގެއްލުނު ބޯޓާ ގުޅުމެއް ނެތް މީހުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ