މާލެ: 31°C

ފަސް އަވަށްޓެރިން މަރާލި "ނުރައްކާތެރި" މީހަކު އެފްބީއައިއިން ހޯދަނީ

May 1, 2023
2 ފަހަރު ބަލާފައި
ފަސް އަވަށްޓެރިން މަރާލި "ނުރައްކާތެރި" މީހަކު އެފްބީއައިއިން ހޯދަނީ
ފަސް އަވަށްޓެރިން މަރާލި "ނުރައްކާތެރި" މީހަކު އެފްބީއައިއިން ހޯދަނީ
އެމެރިކާގެ ޓެކްސަސްގައި ފަސް އަވަށްޓެރިން މަރާލި ކަމަށް ތުހުމަތު ކުރެވޭ އުމުރުން 38 އަހަރުގެ ފްރެންސިސްކޯ އޮރޯޕޭޒާ ހޯދުމުގެ މަސައްކަތް އެފްބީއައި އިން ފަށައިފި އެވެ. އެފްބީއައިގެ އެޖެންޓަކު ބުނި ގޮތުގައި ތުހުމަތު ކުރެވޭ މީހާ އަކީ ހަތިޔާރު އެޅި ނުރައްކާތެރި މީހެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ކަމެއް ހިނގީ ގެ ކައިރީގައި ބަޑި ޖަހަން ޕްރެކްޓިސް ކުރަމުން ދިޔަ ފްރެންސިސްކޯ ގާތުގައި، ކުޑަ ކުއްޖަކު ނިންދަވަން އުޅޭތީވެ އެކަން ހުއްޓާލަށް ބުނުމުން އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ. އޭނާ ވަނީ އަވަށްޓެރިއާގެ ގެއަށް ވަނދެ ބަޑީގެ ހަމަލާތަކެއް ދީ، އަށް އަހަރުގެ ކުއްޖަކާ އެކު ފަސް މީހަކު މަރާލާފައެވެ. މަރުވި އެންމެންނަކީ ވެސް ހޮންޑިއުރަސްއަށް ނިސްބަތްވާ މީހުންނެވެ. އެފްބީއައި ހިއުސްޓަންގެ ސްޕެޝަލް އެޖެންޓް އިންޗާޖް ޖޭމްސް ސްމިތު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވީ ފްރެންސިސްކީ ހުރީ މުޖުތަމައުތެރެއަށް ދޫވެފައި ކަމަށާއި އޭނާއަކީ މުޖުތަމައުއަށް އޮތް ނުރައްކަލެއް ކަމަށެވެ. ބެލެވޭ ގޮތުގައި ހަތިޔާރު އެޅި މީހާ ބޭނުންކުރީ އޭއާރް-15 ސެމީ އޮޓޮމެޓިކް ރައިފަލެކެވެ. ހޮންޑިއުރަސްގެ ހާރިޖީ ވަޒީރު އެންރީކޭ ރެއިނާ ކުރެއްވި ޓުވީޓެއްގައި ވަނީ އެ ޖަރީމާހިންގި މީހާއާ މެދު ގާނޫނި ގޮތުން ފިޔަވަޅު އަޅަން ގޮވާލާފައެވެ. .

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ