މާލެ: 31°C

38 އަހަރުގެ ނަމާލް ރާޖަޕަކްސާ ލަންކާގެ ރައީސްކަމަށް ވާދަކުރަނީ

August 7, 2024
2 ފަހަރު ބަލާފައި
38 އަހަރުގެ ނަމާލް ރާޖަޕަކްސާ ލަންކާގެ ރައީސްކަމަށް ވާދަކުރަނީ
38 އަހަރުގެ ނަމާލް ރާޖަޕަކްސާ ލަންކާގެ ރައީސްކަމަށް ވާދަކުރަނީ
އަންނަ ސެޕްޓެމްބަރ މަހު ސްލީކަންކާގައި އޮންނަ ރިޔާސީ އިންތިހާބުގައި އެސްއެލްޕީ ގެ ފަރާތުން އެޕަޓީގެ ޒުވާން ލީޑަރ ނަމާލް ރާޖަޕަކްސަ ވާދަކުރުމަށް ނިންމައިފިއެވެ. ނަމާލް ރާޖަޕަކްސަ އެ ޕާޓީން ވާދަކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ނަން ފޮނުވަން ހަމަޖެއްސީ ކުރިން އެޕާޓީން ރައީސްކަމަށް ވާދަކުރުމަށް ޓިކެޓް ދީފައިވާ ކެސިނޯ ރަސްގެފާނު ދަމްމިކާ ޕެރޭރާ ޓިކެޓް ދޫކޮށްކޮށްލަން ނިންމުމާގުޅިގެންނެވެ. އުމުރުން 38 އަހަރުގެ ނަމާލް ރާޖަޕަކްސަ އަކީ މި އިންތިހާބުގައި ވާދަކުރައްވާ އެންމެ ޒުވާން ކެނޑިޑޭޓެވެ. ކާމިޔާބު ވެއްޖެނަމަ ސްރީލަންކާގެ އެންމެ ޒުވާން ރައީސަކަށްވެސް އޭނާ ވާނެއެވެ. އެގައުމުގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދޮށީ ދަރިކަލުން ނަމާލް ރާޖަޕަކްސަ އަކީ ޔުނިވާސިޓީ ލަންޑަން އިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮސްފައިވާ ފަރާތެކެވެ. ނަމާލް ރާޖަޕަކްސާ އަކީ 2010 ވަނަ އަހަރުން ފެށިގެން ޕާލަމެންޓުގައި ހަމްބަންޓޯޓާ ޑިސްޓްރިކްޓް ތަމްސީލުކުރައްވާ މެންބަރެވެ.  އަދި 2020 ވަނަ އަހަރު ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ތަޖުރިބާ ކާރު ބޭފުޅެއްކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮސްފައިވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ