މާލެ: 31°C

ތިންލައްކައެއްހާ މަސައްކަތްތެރިން ލަންކާ ދޫކޮށް، މެދުއިރު މައްޗަށް

July 11, 2023
2 ފަހަރު ބަލާފައި
ތިންލައްކައެއްހާ މަސައްކަތްތެރިން ލަންކާ ދޫކޮށް، މެދުއިރު މައްޗަށް
ތިންލައްކައެއްހާ މަސައްކަތްތެރިން ލަންކާ ދޫކޮށް، މެދުއިރު މައްޗަށް
ތިން ލައްކައެއްހާ މަަސައްކަތްތެރިން ސްރީލަންކާ ދޫކޮށް މެދުއިރު މައްޗަށް މިސްރާބު ޖަހަން ފަށައިފިއެވެ. ބިއުރޯ އޮފް ފޮރިން އެމްޕްލޯއިމަންޓުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރު، ލަންކާގެ ގާތްގަނޑަކަށް ތިން ލައްކައެއްހާ މީހުން އެ ގައުމު ދޫކޮށް ބޭރުގެ ވަޒީފާތަކަށް ދާނެ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން އިހުތިޔާރު ކުރަނީ ގަލްފުގެ ގައުމުތަކުގައި ވަޒީފާ އަދާކުރުމަށް ކަމަށެވެ. މި އަހަރުގެ މިހާތަނަށް ސްރީލަންކާގެ 152،000 އަށް ވުރެ ގިނަ މަސައްކަތްތެރިން ފުރާފައިވާއިރު އޭގެ ތެރެއިން 112،000 އަށް ވުރެ ގިނަ މީހުން ދިޔައީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ސަރަހައްދަށެވެ. މައިގަނޑު ގޮތެއްގައި ސައުދީ އަރަބިއްޔާއަށެވެ. ދެން ދިޔައީ ކުވައިތާއި ގަތަރު އަދި ޔޫއޭއީ އަށެވެ. މިވަގުތު ސްރީލަންކާގެ އެއް މިލިއަނަށްވުރެ ގިނަ ބިދޭސީންނަކީ ގަލްފުގެ ގައުމުތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންނެވެ. ހުނަރުވެރި މަސައްކަތްތެރިން ހޯދުމުގެ މަސައްކަތް ފެށުމަށް މަގުފަހިކުރުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާއާއި ސްރީލަންކާއާ ދެމެދު މިދިޔަ ފެބްރުއަރީ މަހު ވަނީ ބައިލެޓަރަލް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި 23 ޕްރޮފެޝަނެއް ހިމެނޭއިރު، ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ދޫކުރާ އެކްރެޑިޓޭޝަންތައް ސައޫދީ ވަޒީފާދޭ ފަރާތްތަކުން ފާހަގަކުރެއެވެ. ބިދޭސީ މަސައްކަތްތެރިން އަނބުރާ ފޮނުވާ ފައިސާއަކީ ސްރީލަންކާގެ އިގްތިސާދުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިދިޔަ އަހަރުގެ ރެމިޓެންސް އިންފްލޯ މިދިޔަ އަހަރުގެ ޖުމްލަ 3.8 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، މެއި މަހާ ހަމައަށް ލަންކާގެ ރައްޔިތުން މިހާރު ވެސް ވަނީ 2.3 ބިލިއަން ޑޮލަރު ގެއަށް ފޮނުވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ