26 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރަކު މިސްރަށް

26 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރަކު މިސްރަށް
ލިޔުން:
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިސްރަށް ވަޑައިގެންފިއެވެ.
މޯދީ ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ މަގްސަދަކީ ދެގައުމުގެ ސްޓްރެޓީޖިކް ޕާޓްނަޝިޕް ހަރުދަނާކުރުމެވެ.
މިއީ ފާއިތުވި 26 އަހަރުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރަކު މިސްރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެއާޕޯޓުން މޯދީއަށް މަރުހަބާ ދެންނެވީ މިސްރުގެ ބޮޑުވަޒީރު މުސްތަފާ މަދްބޫލީއެވެ.
މޯދީ ވިދާޅުވީ އެ ދަތުރުފުޅުގެ ސަބަބުން މިސްރާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ މަޝްވަރާކުރައްވައި، އެހެނިހެން ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މޯދީގެ މި ދަތުރުފުޅުގައި މިއަދު ރައީސް އަލް ސީސީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސްރުގެ ބޮޑުވަޒީރު މަދްބޫލީ އިސްވެ ހުންނަވާ މިސްރުގެ ކެބިނެޓްގެ އިންޑިއާ ޔުނިޓާއެކު ބާއްވާ ރައުންޑްޓޭބަލް ޑިސްކަޝަންގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މޯދީގެ މި ދަތުރުފުޅުގައި މިސްރުގެ މުފްތީ ޑރ ޝައުކީ އިބްރާހިމް އަބްދުލް ކަރީމް އައްލާމްއާ ބައްދަލުކުރައްވައި މިސްރުގެ މަޝްހޫރު އިލްމުވެރިންނާ އެކު މަޝްވަރާ ކުރައްވާނެ އެވެ. އިންޑިޔާގެ ދާއޫދީ ބޯހްރާ ކޮމިއުނިޓީގެ އެހީގައި މަރާމާތުކުރި އަލްހަކީމް މިސްކިތަށް ވެސް ޒިޔާރަތްކުރައްވާނެއެވެ.
ފުރަތަމަ ބޮޑު ހަނގުރާމައިގައި މިސްރަށްޓަކައި ގުރުބާންވި އިންޑިއާ ސިފައިންގެ ހަނދާންތައް އާކުރާ ހެލިއޯޕޮލިސް ހަނގުރާމައިގެ ގަބުރުސްތާނުގައި މޯދީ އިހުތިރާމް ކުރައްވާނެއެވެ. ކޮމަންވެލްތުން ބިނާކުރި މި ގަބުރުސްތާނަކީ މިސްރުގެ ފުރަތަމަ ބޮޑު ހަނގުރާމައިގައި އެކި އެކި ހަމަނުޖެހުންތަކުގައި މަރުވި އިންޑިއާގެ 3،799 ސިފައިންގެ އަގު ވަޒަންކުރާ ގަބުރުސްތާނެކެވެ.
ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ މިއަހަރުގެ ކުރީކޮޅު ބޭއްވި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ރައީސް އަލްސީސީ އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވިތާ ހަ މަސް ފަހުން ކުރައްވާ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
