25 މިލިއަން ޑޮލަރުގެ ބޯތައްޓެއް!

25 މިލިއަން ޑޮލަރުގެ ބޯތައްޓެއް!
ލިޔުން:
މަތީގައި ތި ފެންނަ ބޯތައްޓަކީ 25 މިލިއަން ޑޮލަރުގެ އަގުހުރި ބޯތައްޓެކެވެ. 4.5 އިންޗީގެ އެ ބޯތަށި 25 މިލިއަން ޑޮލަރަށް ވިއްކާލީ ދާދި ފަހުން ހޮންގްކޮންގްގައި ބޭއްވި ނީލަމެއްގައެވެ. ބޯތަށި ބީލަމަށްލި، ސޮތެބީސް އިން ބުނި ގޮތުގައި އެއީ ވަރަށް މުހިންމު އަދި ތަފާތި ބޯތައްޓެކެވެ. 1722 ވަނަ އަހަރުން ފެށިގެން 1735 ވަނަ އަހަރާ ހަމައަށް 18 ވަނަ ގަރުނުގައި ޗައިނާގައި ވެރިކަން ކުރެއްވި ޔޮންގްޒެންގް އެމްޕެރާގެ ރަސްކަމުގެ ދުވަސްވަރުގެ ތައްޓެކެވެ.
ތަށީގެ ބޭރު ޒީނަތްތެރިކޮށްފައިވަނީ އެކި ވަތްތަރުގެ މަލާއި ދޫނިތަކުންނެވެ. ސެރަމިކްސް އެކްސްޕާޓް ރެޖިނާ ކްރަހްލް ފާހަގަކުރި ގޮތުގައި ޔޮންގްޒެންގް ދުވަސްވަރު ދޫންޏާއި މާލުގެ "މޮޓިފްތައް" ހިމެނޭ ތަށިތައް ވަރަށް މަގުބޫލު ކަމަށެވެ. އަދި އެ ބޯތައްޓަކީ ޕޯސިލޭން ކުރެހުމުގެ އެންމެ މޮޅު އެއް މިސާލު ކަމަށެވެ.
ކްރަހަލް ބުނީ ނޭޗާ މޮޓިފްސް ހިމެނޭ މިފަދަ ތަށިތައް ބެއިޖިންގައި ގެންގުޅުނީ ވަރަށް ކުޑަ ދުވަސްކޮޅަކަށް ކަމަށެވެ. ބާކީ ހުރި އެކަހަލަ ތަކެތި މިހާރު ހުރީ ޓައިވާނުގެ ޕެލަސް މިއުޒިއަމްގައެވެ.
ހޮނިހިރު ދުވަހު ވިއްކި މި ތަށި މީގެ ކުރިން ގެންގުޅުނީ އެމެރިކާގެ ސޯޝަލައިޓް ބާބަރާ ހަޓަންގެއެވެ. އޭގެ ފަހުން 2006 ވަނަ އަހަރު ވިޔަފާރިވެރިއެއް ކަމަށްވާ ކަލެކްޓާ އެލިސް ޗެންގް ވަނީ އޭރުގެ ރެކޯޑް އަދަދަކަށް 151.32 މިލިއަން ހޮންކޮންގް ޑޮލަރު (19.3 މިލިއަން ޑޮލަރާ އެއްވަރު) ގަނެފައެވެ.
ބޯތަށީ ވިކުނު އޮކްޝަންގައި ނީލަމުގައި ގަޑި، ހޭންޑްބޭގް، ވިންޓޭޖް ވައިން އަދި ޗައިނީޒް އާޓް ފަދަ ތަފާތު ބާވަތްތައް ވަނީ ވިކިފައެވެ.
އެ ނީކަމުގައި ކުރެހުމާއި ކެލިގްރަފީ ޕީސްތަކަށް ވެސް ބޮޑު ބިޑެއް ލިބުނެވެ. ޗައިނާގެ އާޓިސްޓެއް ކަމަށްވާ ޒަންގް ޑަކިއާން 1973 ވަނަ އަހަރު ކުރަހާފައިވާ "ޕިންކް ލޮޓަސް އޮން ގޯލްޑް ސްކްރީން" ނަމަކަށް ކިޔާ ކުރެހުމެއް 251.6 މިލިއަން ހޮންގްކޮންގް ވިއްކާލިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
