މާލެ: 31°C

20 އަހަރު ތެރޭ އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 261 މަރު

June 3, 2023
2 ފަހަރު ބަލާފައި
20 އަހަރު ތެރޭ އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 261 މަރު
20 އަހަރު ތެރޭ އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 261 މަރު
އިންޑިއާގެ އިރުމަތީ އޮޑިޝާ ސްޓޭޓްގައި ރޭލު އެކްސިޑެންޓެއް ހިނގައި 261 މީހުން މަރުވެ 1000 އެއްހާ މީހުން ޒަަމްވެއްޖެއެވެ. އެ ހާދިސާ ހިނގީ ތިން ރޭލެއް އެކްސިޑެންޓް ވެގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުނުވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. 200 އަށް ވުރެ ގިނަ އެމްބިއުލާންސްގެ އިތުރުން ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ރެސްކިއު ޓީމުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ފޮނުވައިފައެވެ. އޮޑިޝާ ފަޔާ ސަރވިސަސްގެ ޑިރެކްޓާ ޖެނެރަލް އެންމެ ފުރަތަމަ ވިދާޅުވީ 288 މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް ފަހުން އެ ސްޓޭޓްގެ ޗީފް ސެކްރެޓަރީ ވަނީ މަރުވި މީހުންގެ އަދަދު 261 އަށް އަރާފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ތާށިވެފައި ތިބި އަދި ޒަހަމްވި ހުރިހާ ފަސިންޖަރުން ސަލާމަތްކޮށްފައިވާ އިރު، ހޮސްޕިޓަލްތަކަށް ގެންދިޔަ މީހުންގެ ތެރެއިން ލިބުނު އަނިޔާތަކުގެ ސީރިއަސްކަން އަދި ސާފެއް ނުވެއެވެ. މިއަދު މެންދުރު ފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރޭލްވޭ މިނިސްޓަރު އަޝްވިނީ ވައިޝްނަވްއާއެކު އެކްސިޑެންޓް ހިނގި ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ. ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ މަގްސަދަކީ ހާލަތު ދެނެގަނެ، ގެއްލުން ލިބުނު ސަރަހައްދަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަން ފަށާފައިވާއިރު، އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން ވަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ "ޓެކްނިކަލް ސަބަބުތަކެއް" ކަމަށް ވިދާޅުވެފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ