ދ. މީދޫގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މަހު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، މީދޫ މަގުމަތިން / ދ. މީދޫ، ދިގަލި ޙަމްދޫން ޢަބްދުލްވާޙިދު (32އ) ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓާއި ސެލޯފިންކޮޅެއް އޭނާގެ އަތުން ވަނީ ފެނިފައިކަމަށެވ.
އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ޙަމްދޫން ޢަބްދުލްވާޙިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.







