މާލެ: 31°C
އެންމެ ހަލާލު މެމްބަރުން ގިނަ ސިޔާސީ ޕާޓީ އަކީ ޕީއެންސީ: މެންބަރު ޝުޖާއު

އެންމެ ހަލާލު މެމްބަރުން ގިނަ ސިޔާސީ ޕާޓީ އަކީ ޕީއެންސީ: މެންބަރު ޝުޖާއު

5 ސެޕްޓެންބަރު 2026
915 ފަހަރު ބަލާފައި

ރާއްޖޭގައި މިވަގުތު އޮތް އެންމެ ހަލާލު މެމްބަރުން ގިނަ ސިޔާސީ ޕާޓީ އަކީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށުދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ޝުޖާއު ވިދާޅުވީ ވެރިކަންކުރާ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ދެކިގެން އެފަރާތްތަކުން ވަރަށް ފޯރީގައި އަންނަނީ ކުރަމުން ކަމަށެވެ.

އަދި އެ މަސައްކަތުގެ ތެރެއިންވެސް އެއްވެސް ދިވެހި ރައްޔިތަކަށް އެ މީހަކަށްނޭގި ސިޔާސީ އެއްވެސް ޕާޓިއަކަށް ނުވެއްދޭނެ ކަމަށާއި، އަދި ސިޔާސީ ޕާޓީއަކަށް ވަނުމާއި ނުވަނުމަކީވެސް ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށާއި، އެގޮތުން ޕީއެންސީއަށް ނުވަދެގެން އެ ކަމާގުޅުވައި އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށްވެސް މެންބަރު ޝުޖާއު ވިދާޅުވި އެވެ.

އެއާ ޙިލާފަށް ރައީސް ނަޝީދު އާއި, ރައީސް ޔާމިންގެ ވެރިކަމުގައި އަދި ރައީސް ސޯލިހްގެ ވެރިކަމުގައި އެންމެންގެ ލޯކުރިމަތީ ސިޔާސީ ޕާޓިތަކުގެ ޖަލްސާތަކަށް ކުންފުނި ތަކުގެ މުވައްޒަފުންނަށް ކުލަ ކާޑު ދީގެން ދިއުމަށް މަޖުބޫރު ކުރުވި ކަމަސާއި، އެދުވަހު އެކަންކަން ކުރުވި ސިޔާސީ ވެރިން ދައްކާވާހަކަ ރައްޔިތުން ބަލައިނުގަންނާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ ތާރީޚްގައި ފުރަތަމަ ފަހަރަށް ޕާޓިއެއްގެ ދަފްތަރުގައި އެއްވެސް ރައްޔިތެއް އެރައްޔިތަކަށް ނޭނގި ދަފްތަރު ކުރެވި ފައިވާނަމަ އެކަން ލިޔުމުންނާއި, އީމެއިލުންނާއި, މެސެޖުން އަދި ފޯނު ކޯލުން ރިޕޯޓް ކުރުމަށް ހުޅުވާލީވެސް އެ ޕާޓީން ކަމަށާއި, ހުޅުވާލި މުއްދަތުގައި އެއްވެސް ރައްޔިތެއް ނުޚައްޤުން އެ ޕާޓީގައި ދަފްތަރު ކުރެވިފައި ވާކަމަށް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާކަމަށްވެސް މެންބަރު ޝުޖާއު ވިދާލޫވިޮ އެވެ.

އެގޮތުން ޕީއެންސީ އަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ހަލާލު މެމްބަރުން ގިނަ ސިޔާސީ ޕާޓީ އަކީ ވެސް ޕީއެންސީ ކަމަށް މެންބަރު ޝުޖާއު ވިދާޅުވެފައި ވެއެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ